Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ޓޮޓެންހަމާ ދެކޮޅަށް ނިކުތުމުގެ ކުރިން، ގާޑިއޯލާގެ ތައުރީފު އެ ޓީމުގެ ކޯޗަށް!

ގާޑިއޯލާ ބުނީ، ޕޮސްޓެކޮގްލޫ އަންނަނީ ފުޓުބޯޅަ ރަނގަޅު މިސްރާބެއްގައި ކުރިއަށް ގެންދަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޑިސެމްބަރު 2023 | ހޮނިހިރު 05:23
ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ

ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ނިކުންނައިރު، އެ ޓީމުގެ ކޯޗުކަމުގައި އަންގޭ ޕޮސްޓެކޮގްލޫ ކުރަމުން އަންނަ މަސައްކަތަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފު ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ޓޮޓެންހަމާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޕޮސްޓެކޮގްލޫ އަންނަނީ ފުޓުބޯޅަ ރަނގަޅު މިސްރާބެއްގައި ކުރިއަށް ގެންދަމުން ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާ އަކީ ވެސް ފުޓުބޯޅައިގައި މަސައްކަތް ކުރަމުން އަންނަ ކޯޗެއް ކަމަށާއި، ޓޮޓެންހަމުން ކުޅޭ މެޗުތައް އޭނާ ބަލާ ކަމަށެވެ. އަދި ޚާއްސަކޮށް މި ފަހުން ޓޮޓެންހަމް އަންނަނީ ވަރަށް ރަނގަޅަށް ކުޅެމުން ކަމަށާއި، އެ ޓީމު ހޯދާ ނަތީޖާތަކުން ވެސް އެކަން ސާފު ވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސިޓީއާ ދެކޮޅަށް ޓޮޓެންހަމުން އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްފާނެ ކަމަށް ޤަބޫލު ކުރަންތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، އޭނާ އަށް އެކަން ޤަބޫލު ނުކުރެވޭ ކަމަށެވެ. ގާޑިއޯލާ ބުނީ، ޕޮސްޓެކޮގްލޫ އަކީ ސިޓީ ކަހަލަ ޓީމެއް ދެކެ ބިރު ގަންނާނެ ކޯޗެއްގެ ގޮތުގައި އޭނާ އަށް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގަައި ޓޮޓެންހަމުން ވެސް ކުޅޭނީ، މީގެ ކުރިން އެ ޓީމު ކުޅުނު ފެންވަރުގައި ކަމަށް ޤަބޫލު ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް ގާޑިއޯލާ ބުނީ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު، ޕޮސްޓެކޮގްލޫ ކުރި މަސައްކަތަކީ އޭނާ އަށް ތައުރީފު ދޭން ޖެހޭ ވަރުގެ މަސައްކަތެއް ކަމަށެވެ،

މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގެ ކުޅުންތެރިން ނިކުންނާނީ މޮޅުވާން ކަމަށާއި، މިވަގުތު ސިޓީ އޮތީ ވެސް ވަރަށް ރަނގަޅު ރޫޙެއްގައި ކަމަށެވެ. ޓޮޓެންހަމާ ދެކޮޅަށް ނިކުންނައިރު، ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 13 މެޗުން 29 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި ހަމަ އެ އަދަދަށް މެޗު ކުޅެގެން އާސެނަލަށް ލިބެނީ 30 ޕޮއިންޓެވެ. ޓޮޓެންހަމް އޮތީ 26 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

މެންޗެސްޓަރ ސިޓީޓޮޓްނަމް ހޮޓްސްޕަރ ޕޮސްޓެކޮގްލޫޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު