Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް، ހަތަރުވަނަ ފަހަރަށް ރާއްޖެ!

މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ އިތުރު 17 ގައުމަކާ ވާދަ ކޮށްގެން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2023 | ހޮނިހިރު 04:56
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ރާއްޖެ އިން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ދުބާއީގެ އަލް އަރަބް ޖުމައިރާގެ ހޮޓެލްގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ރާއްޖެއަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ލިބުނު އިރު، މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ އިތުރު 17 ގައުމަކާ ވާދަ ކޮށްގެންނެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި އަބޫދާބީގެ ދުބާއީ، އޮސްޓްރޭލިއާ، އިންޑިޔާ، ކެނެޑާ، ސްޕެއިން އަދި އިންޑޮނޭޝިއާ ފަދަ ފަތުރުވެރިކަމުގެ ދާއިރާގާއި ދުނިޔޭގައި ނަން ހިނގާ ބޮޑެތި ގައުމުތައް ހިމެނެ އެވެ. 2020 ވަނަ އަހަރުގެ ފަހުން ރާއްޖެ ނޫން އެހެން ގައުމަކަށް މި އެވޯޑު ލިބިފައެއް ނުވެ އެވެ.

މި މަގާމުގެ އިތުރުން ވެސް، އިތުރު މަގާމުތަކެއް ވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ. އެގޮތުން އަލަށް ދޭން ފެށި، "ރިސިލިއެންސް އެވޯޑް" ހާސިލް ކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މީގެ އިތުރުން ވޯލްޑް ލީޑިން ޓޫރިސްޓު ބޯޑުގެ ގޮތުގައި އެމްއެމްޕީއާރްސީ ހޮވިފައިވާއިރު، ދުނިޔޭގެ އެއް ވަނަ ސީޕްލޭން އޮޕަރޭޓަރުންގެ ގޮތުގައި ޓީއެމްއޭ ވަނީ ހޮވިފަ އެވެ.

އަދި ރާއްޖޭގެ ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމްއަށް ޓްރެވަލް ޕާސަނަލަޓީ އޮފް ދަ އިއާ ލިބިވަޑައިގެންނެވި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދަށް ވަނީ ސްޕެޝަލް އެޗީވްމެންޓް އެވޯޑް ވެސް ލިބިފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓު ހޮޓެލްއެއްގެ ގޮތުގައި ވެލާނާ އެއާޕޯޓުގައި ހުންނަ ހުޅުލެ އައިލެންޑް ހޮޓެލް ހޮވުނު އިރު، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ގޮތުން ރާއްޖޭގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް، ވައްކަރު މޯލްޑިވްސް، ދަ ސެއިންޓް ރެގިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު، ވެލާ ޕްރައިވެޓް އައިލެންޑް، އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ބަރޮސް މޯލްޑިވްސް އަށް ވަނީ އެކި ގިންތިތަކުން އިނާމު ލިބިފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
ރާއްޖެއަށް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ހޯދުމުގެ ފުރުސަތު މިއޮތީ، އެންމެންގެ ބައިވެރިވުން ވެސް މުހިންމު

ރާއްޖެއަށް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ހޯދުމުގެ ފުރުސަތު މިއޮތީ، އެންމެންގެ ބައިވެރިވުން ވެސް މުހިންމު

13 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު