Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން

ރާއްޖެއަށް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ހޯދުމުގެ ފުރުސަތު މިއޮތީ، އެންމެންގެ ބައިވެރިވުން ވެސް މުހިންމު

ޑަބްލިއުޓީއޭގެ އެވޯޑްތަކަށް ވޯޓުލުން ހުޅުވާލާފައިވަނީ 20 އޮކްޓޯބަރ 2022 ގެ ނިޔަލަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 06:16
އެންމެ ފަހުން ރާއްޖެއިން ކާމިޔާބުކުރި ވޯލްޑް ޓްރެވެލް އެވޯޑްސްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ޓްރޮފީ

އެންމެ ފަހުން ރާއްޖެއިން ކާމިޔާބުކުރި ވޯލްޑް ޓްރެވެލް އެވޯޑްސްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ޓްރޮފީ

29 ވަނަ އަހަރީ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ އެވޯޑަށް، ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ވޭތުވެ ދިޔަ ދެ އަހަރު މި އެވޯޑް ރާއްޖެ ކާމިޔާބުކޮށްފައިވާ އިރު، މިއީ މި އެވޯޑަށް ރާއްޖެ ނޮމިނޭޓްވާ ތިންވަން އަހަރެވެ. މީގެ އިތުރުން ޑަބްލިއުޓީއޭގެ ދުނިޔޭގެ އެވޯޑް ކެޓަގަރީގެ ޝަރަފުވެރި އިތުރު މަގާމުތަކަށް ވެސް ދިވެހިރާއްޖެ މި އަހަރު ނޮމިނޭޓްވެފައިވެއެވެ. އެމްއެމްޕީއާރުސީ އިން ބުނީ އުންމީދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މި ހާއްސަ އަހަރަކީ ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު މިލްކުވާ އަހަރަށް ހެދުމެވެ. ޑަބްލިއުޓީއޭގެ އެވޯޑްތަކަށް ވޯޓުލުން ހުޅުވާލާފައިވަނީ 20 އޮކްޓޯބަރ 2022 ގެ ނިޔަލަށެވެ.

Advertisement - newsAdvertisement

ޑަބްލިޔުޓީއޭގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ، މި އަހަރީ ޕްރޮގްރާމްގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އަދި ޑަބްލިޔުޓީއޭގެ އެވޯޑްތަކަކީ ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި ވެސް އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑް ތަކެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ދަތިތަކާ އެކުވެސް، ވޭތުވެދިޔަ ދެ އަހަރު ރާއްޖެއިން މި ލަގަބު ކާމިޔާބުކޮށްފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ ބައިވެރިންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމުގެ ސަބަބުންކަން ޔަޤީނެވެ. މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ކަމުން، ތިންވަނަ ފަހަރަށް މި އެވޯޑް ހާސިލްކުރުމަކީ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން, އިތުރަށް ވަރުގަދަވާނެ ފަދަ ކާމިޔާބީއެކެވެ. އަދި ދަތުރުފަތުރުގެ ވިޔަފާރީގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް އުޖާލާކުރުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެކެވެ.

ރާއްޖެއަށް މި އަހަރު އަނެއްކާވެސް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ލިބުމަކީ އަޅުގަނޑުމެން އެންމެން, ޤައުމެއްގެ ގޮތުގައި ފަޚުރުވެރިވާނެ ފަދަ ކަމެކެވެ. މި އަހަރު ރާއްޖެއިން މި އެވޯޑް ހާސިލްކޮށްފިނަމަ، މިއީ އަޅުގަނޑުމެންގެ ޤައުމަށް ޖެހިޖެހިގެން ތިން އަހަރު ފަތުރުވެރިކަމުގެ މިފަދަ ޝަރަފުވެރި ލަގަބެއް ލިބޭ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ.

މި އަހަރުގެ ޑަބްލިއުޓީއޭގެ ވޯލްޑް ކެޓަގަރީން ފާހަގަކޮށްލެވޭ ތިން އެވޯޑަކަށް ރާއްޖެވަނީ ނޮމިނޭޓްވެފައެވެ. އެއީވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން،ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން، އަދިވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑްތަކެވެ. މީގެ އިތުރުން،ވޯލްޑްސް ލީޑިންގް ޓޫރިސްޓް ބޯޑުގެ މަޤާމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ނޮމިނޭޓް ކުރެވިފައިވެއެވެ.

ދިވެހިރާއްޖެއަށް މި އެވޯޑް ކާމިޔާބު ކޮށްދެއްވުމަށް ވޯޓްލެއްވުމަށް ބޭނުންކުރައްވާނެ ލިންކުތައް ތިރީގައި މިވަނީއެވެ.

ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން:https://bit.ly/3SZgEP2

ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން:https://bit.ly/3EsbaIU

ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން:https://bit.ly/3SO1P2g

ވޯލްޑްސް ލީޑިންގް ޓޫރިސްޓް ބޯޑު:https://bit.ly/3Enf9X5

ވޯލްޑް ޓްރެވަލް އެވޯޑްސްއެމްއެމްޕީއާރްސީމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި
25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު