Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑު

ވިދިވިދިގެން ދެފަހަރު ރާއްޖެއަށް ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑު ލިބިއްޖެ

2020 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ މި އެވޯޑު ކާމިޔާބުކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 17:17
ސަންގެލި ރިސޯޓު

ސަންގެލި ރިސޯޓު

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑު ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މިއަހަރު މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ. މި ގައުމުތަކުގެ ތެރޭގައި ދުބާއީ، އިންޑޮނޭޝިއާ، ސްޕެއިން، ވިއެޓްނާމް، ޔޫއެސްއޭ، އަދި ގްރީސް ފަދަ މަންޒިލްތައް ހިމެނެއެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އިތުރުން ރާއްޖެއިން ވަނީ އިންޑިއަން އޯޝަން ކެޓެގަރީން 4 އެވޯޑެއް ހާސިލްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ޓުއަރިސްޓު ބޯޑް އެވޯޑެވެ.

މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުންވެސް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެކި ކެޓެގަރީތަކުން އެވޯޑު ހާސިލްކޮށްފައެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑު އެންމެ ފުރަތަމަ ރާއްޖެއަށް ލިބިފައިވަނީ 2020 ވަނަ އަހަރުއެވެ. މިއީ ކޮވިޑް-19ގެ ހާލަތުގައި ކުރިމަތިލާންޖެހުނު ދަތިތަކާއެކު ރާއްޖެއިން ކާމިޔާބުކުރި އެވޯޑެކެވެ. ކޮވިޑް-19ގެ ހާލަތުގައިވެސް ރާއްޖެއިން ވަނީ ވަރޗުއަލްކޮށްވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ބޯޑަރުތައް ހުޅުވާލުމާއެކު އެ ގައުމުތަކަށް ގޮސްގެންވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ.

ރާއްޖެއަށް ދެވަނަ ފަހަރަށް ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ލިބުމާ ގުޅިގެން، ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރަން ތައްޔާރުވަމުންދާއިރު، ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ތިންވަނަ ފަހަރަށް މި އެވޯޑު ހާސިލްކުރެވިއްޖެނަމަ މާ ބޮޑު ކާމިޔާބީއަކަށް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

21 މެއި 2017
އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
26 ޖެނުއަރީ 2017

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު