Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

ބްރައިޓަން އަށް ތާރީޚީ ދުވަހެއް، ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް!

މިއީ ބްރައިޓަން ޔޫރަޕްގައި ވާދަކުރި ފުރަތަމަ ފަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 1 ޑިސެމްބަރު 2023 | ހުކުރު 01:04
މެޗަށްފަހު ބްރައިޓަން ކުޅުންތެރިން އުފާފާޅުކުރަނީ

މެޗަށްފަހު ބްރައިޓަން ކުޅުންތެރިން އުފާފާޅުކުރަނީ

ބްރައިޓަންއިން ޔޫރަޕްގެ ފުޓްބޯޅައިގައި ތާރީޚީ މޮޅެއް ހޯދާ, ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޔޫރަޕްގެ ފުޓްބޯޅައިގައި ވާދަކުރާ ފުރަތަމަ ފަހަރު ބްރައިޓަން އިން ދެވަނަ ބުރު ޔަޤީންކުރީ 1-0 ން އޭއީކޭ އެތެންސް ބަލިކޮށްގެންނެވެ. މިމޮޅާއެކު ބްރައިޓަން އަށް ދެވަނަ ބުރު ޔަޤީންވިއިރު މިވަގުތު އޮތީ ޕޮއިންޓެއްގެ ފަރަގަކާއެކު ދެވަނާގައެވެ. ގްރޫޕްގެ އެއްވަނާގައި އޮތީ 11 ޕޮއިންޓާއެކު މާސޭ އެވެ. ބްރައިޓަން އަށް ލިބިފައިވަނީ ފަސް މެޗުން 10 ޕޮއިންޓެވެ. ގްރޫޕް ސްޓޭޖްގައި ބާކީ އަދި އެއް މެޗު އޮތުމުން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުޞަތުވެސް އެބައޮތެވެ. އޭއީކޭ އެތެންސް އަތުން ބްރައިޓަން މޮޅުކޮށްދިން ލަނޑު ޕެނަލްޓީ އަކުން ޖެހީ ޕެޑްރޯ އެވެ.

މެޗަށްފަހު ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ ބުނީ މިއީ ކްލަބަށް ތާރީޚީ ދުވަހެއް ކަމަށެވެ. ކްލަބާއި ސަޕޯޓަރުންނަށްވެސް މިއީ ޚާއްޞަ ދުވަހެއް ކަމަށް މިސީޒަންގައި ބްރައިޓަންއާއެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗު ބުންޏެވެ. ވެސްޓް ހޭމް ޔުނައިޓެޑް ވެސް ވަނީ ޔޫރޮޕާ ލީގުގެ ދެވަނަ ބުރު ޔަޤީން ކޮށްފައެވެ.

ބްރައިޓަންޔޫރޮޕާ ލީގު

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
19 އޮކްޓޯބަރު 2025

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025
މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
01 ސެޕްޓެމްބަރު 2025

ބްރައިޓަން އަތުން ވެސް ސިޓީ ބަލިވެއްޖެ

01 ސެޕްޓެމްބަރު 2025
ބްރައިޓަން އަތުން ވެސް ސިޓީ ބަލިވެއްޖެ
03 ނޮވެމްބަރު 2024

ފަހަތުން އަރައި މޮޅުވެ، ލިވަޕޫލް އެއް ވަނަ އަށް

03 ނޮވެމްބަރު 2024
ފަހަތުން އަރައި މޮޅުވެ، ލިވަޕޫލް އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު