Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބްރައިޓަން ކައިރިން އާސެނަލް އެއްވަރު

ފުރަތަމަ ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ތިން ވަނަ މެޗުން އެއްވަރުވެ ލިބުނު ހަތް ޕޮއިންޓާއެކު އާސެނަލް އޮތީ ދެ ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2024 | ހޮނިހިރު 19:15
އާސެނަލް އަދި ބްރައިޓަން ކުޅުނު މެޗުގެ ތެރެއިން

އާސެނަލް އަދި ބްރައިޓަން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް އެއްވަރުވެއްޖެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި އާސެނަލް އިން ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބްރައިޓަން އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ކައި ހަވާޓްޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބުކަޔޯ ސަކާ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި، ޑެކްލަން ރައިސް ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ ބާކީ ބައި ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އާސެނަލް ކޮޅަށް ބްރައިޓަން އިން ލަނޑު ޖެހީ 58 ވަނަ މިނެޓުގަ އެވެ. ބްރައިޓަންގެ އެ ލަނޑު ޖެހީ ޖޮއާއޯ ޕެޑްރޯ އެވެ.

މިއީ އައު ސީޒަންގެ ލީގުގައި އާސެނަލް އިން ކުޅުނު ތިން ވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ތިން ވަނަ މެޗުން އެއްވަރުވެ ލިބުނު ހަތް ޕޮއިންޓާއެކު އާސެނަލް އޮތީ ދެ ވަނައިގަ އެވެ.

ޕްރިމިއަރ ލީގުއާސެނަލްބްރައިޓަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު