Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހަތުން އަރައި މޮޅުވެ، ލިވަޕޫލް އެއް ވަނަ އަށް

އާން ސްލޮޓްގެ އިރުޝާދުގެ ދަަށުން ކުޅެމުން އަންނަ ލިވަޕޫލް އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އަލުން އެއް ވަަނަ އަށް ޖެހިލެވުނީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވުމުގެ ފައިދާ އާއެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ނޮވެމްބަރު 2024 | އާދީއްތަ 04:37
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އަނެއްކާ ވެސް އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ބްރައިޓަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަން އިން ލިވަޕޫލް ކޮޅަށް ލަނޑު ޖަހައި ލީޑު ނެގި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ލިވަޕޫލުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ބްރައިޓަން އަށް ލީޑު ނަގައިދިނީ ފާޑީ ކަޑިއޯގްލޫ އެވެ. އޭނާ އެ ލަނޑު ޖެހީ ޑެނީ ވެލްބެކް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ 69 ވަނަ މިނެޓުގަ އެވެ. ކެޕްޓަން ވާޖިލް ވެން ޑައިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ކޯޑީ ގަކްޕޯ އެވެ. އޭގެ ތިން މިނެޓު ފަހުން ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. އެއީ ކާޓިސް ޖޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޞަލާޙު ޖެހި ލަނޑެކެވެ.

މޮޅާއެކު ލިވަޕޫލް އިން ވަނީ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 10 މެޗުން ލިވަޕޫލަށް ލިބެނީ 25 ޕޮއިންޓެވެ. އަށް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗު އެއްވަރުވެ އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. އައު ކޯޗު އާން ސްލޮޓްގެ އިރުޝާދުގެ ދަަށުން ކުޅެމުން އަންނަ ލިވަޕޫލް އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އަލުން އެއް ވަަނަ އަށް ޖެހިލެވުނީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވުމުގެ ފައިދާ އާއެކު އެވެ.

ޕްރިމިއަރ ލީގުލިވަޕޫލްބްރައިޓަން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު