Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ބްރައިޓަން ބަލިކޮށް، ޗެމްޕިއަން ލިވަޕޫލް ވެސް ކުއާޓަރ ފައިނަަލަށް

ކަރަބޯ ކަޕްގެ ކުއާޓަރ ފައިނަލް އިން ލިވަޕޫލް ފުރުސަތު ހޯދިއިރު، ކުއާޓަރ ފައިނަލްގައި ލިވަޕޫލް ކުޅޭނީ ސައުތެމްޓާންއާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 03:56
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ގަދަ 16 ވަނަ ބުރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ދެ ޓީމުގެ ވެސް ލަނޑުތައް ފެނުނީ ފަހު ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޓައިލާ މޯޓަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯ އެވެ. އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ގަކްޕޯ ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ބްރައިޓަން އިން ވަނީ މެޗުގެ 81 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އުންމީދު ހޯދައިފައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސިމޮން އަޑިންގްރާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ލުއިސް ޑިއާޒް ވަނީ ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައި، ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. މެޗުގައި ބްރައިޓަންގެ ދެ ވަނަ ލަނޑު ތޯރިގު ލަމްޕްޓޭ ޖެހީ މެޗުގެ 90 ވަނަ މިނެޓުގަ އެވެެ.

ކަރަބޯ ކަޕްގެ ކުއާޓަރ ފައިނަލް އިން ލިވަޕޫލް ފުރުސަތު ހޯދިއިރު، ކުއާޓާ ފައިނަލްގައި ލިވަޕޫލް ކުޅޭނީ ސައުތެމްޓާންއާ ދެކޮޅަށެވެ. މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި އާން ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ކަރަބޯ ކަޕްބްރައިޓަންލިވަޕޫލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު