Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާދަމް އާޒިމް

އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަމަށް - ކަން ކުރާނެ އަދި ތަފާތު ދައްކާނެ

30 ނޮވެމްބަރު 2023 | ބުރާސްފަތި 12:24

އޭނާއަކީ އިނގިރޭސިވިލާތުގެ ނޮޓިނގްހަމް ޔުނިވަރސިޓީން މާސްޓަރސް އޮފް ބިޒްނަސް އިން ފައިނޭންސް ހާސިލްކުރައްވާފައިވާ ބޭފުޅެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ނޮވެމްބަރު 2023 | ބުރާސްފަތި 12:24
އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް

އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް

އަންނަ އަހަރު ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ, މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް، މ. ސީނުކަރަންކާގޭ އަދާމް އާޒިމް ކުރިމަތިލައްވަން ނިންމަވައި، ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންފިއެވެ. އާދަމް އާޒިމަކީ ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ގާބިލު އަދި ގިނަ ރައްޔިތުންތަކެއްގެ ލޯތްބާއި އިހުތިރާމް، އަދި ޚާއްސަކޮށް ކަން ކުރައްވާ، ކެރޭ، އަދި ކަންކަން ކުރުމުގެ ވައްޓަފާޅި ހުރި ބޭފުޅެއްގެގޮތުގައި ގިނަބަޔަކު ސިފަކުރައްވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއާއި ގައުމު ބިނާކުރުމުގައި ހިއްސާވައި މައިގަނޑު އެއް މުއައްސަސާ ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ މާލިމީއެއްގެ ގޮތުގައި ވޭތުވެ ދިޔަ 4 އަހަރު ހުންނެވި އާދަމް އާޒިމްގެ ތައުލީމީ ހަޔާތްޕުޅަށް ނަޒަރުހިންގާލާއިރު؛ އޭނާ ވަނީ އިނގިރޭސިވިލާތުގެ ނޮޓިނގްހަމް ޔުނިވަރސިޓީން މާސްޓަރސް އޮފް ބިޒްނަސް އިން ފައިނޭންސް، އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންއިން ބެޗެލަރ އޮފް އާރޓްސް އިން އެކައުންޓިންގ އެންޑް ފައިނޭންސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އާދަމް އާޒިމް ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ އިސް މަގާމުތަކެއްގައި ގައުމަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، އަދި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް ސްޓްރަކްޗުރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވަނީ ކުރައްވާފައެވެ.

އެމްޓީސީސީގެ ދިގު ތާރީޚަށް ބަލާއިރު، މިއަދު އެ ކުންފުނި ދަތުރުކޮށްފައިވާ ހިސާބަށް ގެނެސްދިނުމުގައި އާދަމް އާޒިމްގެ ލީޑަރޝިޕާއި، މަސައްކަތުގެ ރިވެތި އަޚްލާގާއި، މީހުން ބިނާކޮށް ތަމްރީން ކޮށްދިނުމުގެ ހުނަރު ބޮޑު ދައުރެއް އަދާކޮށްފައިވާކަން، މިއަދު އެކުންފުނި ދެކެމުންދާ ކާމިޔާބީ ހެކިވެއެވެ.

4500އަށްވުރެ ގިނަ މުވައްޒަފުން ގޮވައިގެން، ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކުންފުނި ހިންގުމުގެ މޭސްތިރިއަކަށް 2023 ނޮވެމްބަރ 28 ވަނަ ދުވަހާ ހަމައަށް ހުންނެވި އާދަމް އާޒިމް އެކުންފުންޏާ ހަވާލުވެވަޑައިގެން، ނިމިދިޔަ 2020، 2021 އަދި 2022 ވަނަ އަހަރުވެސް ވަނީ، ކުންފުނީގެ ތާރީޚުގައި ރިކޯޑްކުރެވިފައިވާ އެންމެ ރަނގަޅު މާލީ ނަތީޖާ ހޯއްދަވާދެއްވައި، ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ނަމޫނާ ކުންފުންޏަކަށް އެކުންފުނި ހައްދަވާދެއްވައި، ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައެވެ.

އާދަމް އާޒިމަކީ އެކަށައަޅުއްވާ ލަނޑުދަނޑިތަކާއި އިސްތިރާޖީ ރޭވުންތައް، ވަގުތު ޖައްސަވައިގެން ތަންފީޒުކުރައްވާ، އިލްމީ، ކެރޭ އަދި ރައްޔިތުންގެ އަޑުއައްސަވާ ލީޑަރެއްގެގޮތުގައި މުޅި ދިވެހިރާއްޖެ އިއްތިފާގުވާ، ގައުމު ފަޚުރުވެރިވާފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ގިނަ ދިވެހި ރައްޔިތުންގެ ނަޒަރުގައި އާދަމް އާޒިމްގެ "ވާނެ" "ކުރާނެ" މި އެޓިޓިއުޑާއެކު ވެގެންދާނީ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ހަމައެކަނި ބޭފުޅާކަމުގައެވެ.

އާދަމް ޢާޒިމްމާލޭ ސިޓީ ކައުންސިލްމާލެ ސިޓީއެމްޓީސީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް