Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖިމީ ކާޓަރގެ އަނބިކަނބަލުން އަވަހާރަވުން

ރޯސަލީން ކާޓަރގެ ޖަނާޒާގެ ކަންތައް މިއަދު ފަށާނެ

ދެބޭފުޅުން ގެ ކައިވެނިފުޅަށް 77 އަހަރަށްވުރެ ގިނަ ދުވަސްވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 ނޮވެމްބަރު 2023 | އަންގާރަ 12:40
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރގެ އަނބިކަނބަލުން ރޯސަލީން ކާޓަރގެ ސަންދޯއްޕުޅު

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރގެ އަނބިކަނބަލުން ރޯސަލީން ކާޓަރގެ ސަންދޯއްޕުޅު

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރގެ އަނބިކަނބަލުން ރޯސަލީން ކާޓަރއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ގޮތުން، ކުރީގެ ރައީސުންނާއި އެ ބޭފުޅުންގެ އަނބިއަނބިކަނބަލުން އަންގާރަ ދުވަހު އެޓްލާންޓާއަށް ދަތުރުކުރައްވާނެއެވެ. ދެ ދުވަހަށް ދެމިގެންދާ ވަދާއީ ހަރަކާތްތަކުގައި މިއަދު އޮންނާނީ ޕްރައިވެޓް ޓްރިބިއުޓެކެވެ.

ރޯސަލީން ކާޓަރއަށް ތައުރީފްކުރައްވައި، އެކަމަނާއާއެކު ކުރެއްވި ތަޖުރިބާތައް ހާމަކުރެއްވުމަށް ވަޑައިގަންނަވާނެ ބޭފުޅުންގެ ތެރޭގައި؛ މިހާރުގެ ރައީސް ޖޯ ބައިޑަންއާއި އަނބިކަނބަލުން ޖިލް ބައިޑަން، ކުރީގެ ރައީސް ބިލް ކްލިންޓަންއާއި ކުރީގެ އަނބިކަނބަލުން ހިލަރީ ކްލިންގޓަން، ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ނައިބު ރައީސް ކަމަލާ ހެރިސްއާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިބޭފުޅުންގެ އިތުރުން ރޯސަލީން ކާޓަރގެ ފިރިކަލުން، ކުރީގެ ރައީސް ޖިމީ ކާޓަރވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އުމުރުފުޅުން 99 އަހަރުގެ ޖީމީ ކާޓަރ މިވަގުތުވެސް ގެންދަވަނީ ހޮސްޕިސް ކެއަރ ހޯއްދަވަމުންނެވެ.

އުމުރުފުޅުން 96 އަހަރުގެ ރޯސަލީން ކާޓަރ އަވަހާރަވެފައިވަނީ ނޮވެމްބަރ 19 ވަނަ ދުވަހުއެވެ. އަވަހާރަވުމުގެ ދެ ދުވަސްކުރިން އެކަމަނާވެސް ފިރިކަލުންނެކޭ އެއްގޮތަށް ހޮސްޕިސް ކެއަރ ހޯއްދަވަމުން ގެންދަވާކަމަށް އާއިލާއިން ބުނެފައިވެއެވެ. އެކަމަނާއަށް ޑިމެންޝިއާ ޖެހިފައިވާކަން މޭމަހު އާއިލާއިން ހާމަކޮށްފައިވެއެވެ.

ރޮސަލީން ކާޓަރގެ ޖަނާޒާގެ އެންމެ ފަހުގެ ތައްޔާރީތަކަށްޓަކައި ހަށިކޮޅު އެޓްލާންޓާއަށް ގެންދެވުނު މަގުމަތީ ބައެއް މުހިންމު ތަންތަނުގައި މޮޓަރކޭޑް މަޑުކޮށްފައި ވެއެވެ. އޭގެތެރޭގައި އެކަމާ ތައުލީމް ހާސިލްކުރެއްވި ޔުނިވަރސިޓީވެސް ހިމެނެއެވެ. މަޑުކުރި ކޮންމެ ތަނެއްގައިވެސް އެތައްހާސް ބަޔަކު ވަނީ އެކަމަނާއަށް ފަހުގެ އިހުތިރާމު އަދާކޮށްފައެވެ.

އެކަމަނާގެ ސަންދޯއްޕުޅު އުފުލާ މޮޓަރކޭޑުގެ ދަތުރު އަންގާރަ ދުވަހު ފެށުމުގެ ކުރިން ކާޓަރ ޕްރެޒިޑެންޝަލް ސެންޓަރުގައިވެސް ޚާއްސަ ވަދާއީ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. އެކަމަނާގެ ސަންދޯއްޕުޅު އުފުލާ "ޕޯލްބެއާރަރސް"ގެ ގޮތުގައި ހަރަކާތްތެރިވަނީ މާމަވިދާޅުވާ ބޭފުޅުން ކަމަށް ވެއެވެ.

ރޯސަލީން ކާޓަރގެ ޖަނާޒާގެ އެންމެ ފަހުގެ ރަސްމިއްޔާތު އޮންނާނީ ބުދަ ދުވަހު ޕްލެއިންސްގެ ބެޕްޓިސްޓް ޗަރޗްގައެވެ. 1981ގައި ވައިޓް ހައުސްއިން ނިކުމެ ވަޑައިގެންނެވުމަށްފަހު ދެކަނބަލުން އުޅުއްވަމުން ގެންދެވީ ޕްލެއިންސްގައެވެ.   

ރޯސަލީން ކާޓަރގެ ހަޔާތްފުޅުގައި ވަރަށް އިސްކަމެއް ދެއްވައިގެން ބައެއްޚާއްސަ ދާއިރާތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. މިގޮތުން އިންސާނީ އެހީގެ ދާއިރާއާއި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ފިރިކަލުންގެ އަރިހުގައި ކުރައްވާފައި ވެއެވެ.

ޖިމީ ކާޓަރއާއި ރޯސަލީން ކާޓަރއަކީ، ރައީސްކަން ނިމުމަށްފަހުވެސް ގައުމަށް ޚިދުމަތްކުރެވޭނެ ގިނަ ގޮތްތައް ހާމަ ކޮށްދެއްވައި އެކަމުގައި ގިނަ އަހަރުތަކެއް ވަންދެން ދެމިތިއްބެވި ދެ ބޭފުޅުންނެވެ.

ދެ ބޭފުޅުންގެ ކައިވެނިފުޅަށް 77 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ.

ރޯސަލީން އަވަހާރަވުމަށްފަހު ޖިމީ ކާޓަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ "އަޅުގަޑަށް ހާސިލްވި ކޮންމެ އަރުތަ އެއްގައި ރޯސަލީންއަކީ އަޅުގަނޑާ އެއްވަރުގެ ހިއްސާއެއް ދެއްވި ބައިވެރިއެކެވެ. ބޭނުން ޖެހިއްޖެ ހުރިހާ ވަގުތެއްގައި ރޯސަލީން އަޅުގަޑަށް މަގު ދައްކަވައި ހިތްވަރު ދެއްވައި ހެއްދެވިއެވެ. އަޅުގަޑުދެކެ ކޮންމެވެސް މީހަކު ލޯބިވެ، ސަޕޯޓްކުރިކަމުގެ އިހުސާސް، އެކަމަނާ ދުނިޔޭގަ އިންނެވިހާ ދުވަހަކު އަޅުގަޑަށް ކުރެވުނެވެ." ކާޓަރ ވިދާޅުވެފައި ވެއެވެ.   

އެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު