Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގައި ބަލިމަޑުކަމެއް ފެތުރުމުގެ ބިރު

ޣައްޒާއަށް ބޮޑެތި ބަލިތަކުގެ ނުރައްކާ އެބައޮތް: ޑަބްލިއުއެޗްއޯ

އައްޝިފާ ހޮސްޕިޓަލް ފަދަ ބޮޑެތި ސިއްހީ މަރުކަޒުތައް، އިސްރާއީލުގެ ހަމަލާތަކުގައި ވަނީ ސުންނާފަތިވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 11:40
ބޭރަށް ހިންގުންފަދަ، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ޖެހުން ވަރަށް ކައިރި

ބޭރަށް ހިންގުންފަދަ، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ޖެހުން ވަރަށް ކައިރި

ޣައްޒާގެ ސިއްހީ ނިޒާމު ހަލާކުވެފައިވާއިރު، ޣައްޒާއަށް ބޮޑެތި ބަލިތަކުގެ ނުރައްކާ އެބައޮތްކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، އިސްރާއީލާ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގެ ސިއްހީ ނިޒާމު މިހާރުން މިހާރަށް ހަމައަކަށް ނޭޅުވިއްޖެނަމަ، ބޮމުގެ ހަމަލާތަކުގެ އަސަރުކޮށްފައިވާ ގިނައަދަދެއްގެ މީހުންނަށް، ދުނިޔެ ދުވަހަކުވެސް ދެކެފައިނުވާފަދަ ނުރައްކާތެރި ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ޣައްޒާގެ މައި ހޮސްޕިޓަލް (އައްޝިފާ ހޮސްޕިޓަލް) ސުންނާފަތިކޮށް، ހަލާކުކޮށްލުމަކީ "ހިތާމަވެރި ހާދިސާއެއް" ކަމަށް ސިފަކުރައްވަމުން ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ، މި ސިއްހީ ނިޒާމު އަލުން ހަމައަކަށް ނޭޅުވިއްޖެނަމަ، ބޮމުގެ ހަމަލާގައި މަރުވި މީހުންނަށްވުރެ އޭގެ ފަހުން މަރުވާނެ މީހުން މާ ގިނަވާނެކަމަށެވެ.

މަހަކަށްވުރެ ގިނަ ދުވަހަށް ދިގުދެމިގެންދިޔަ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 15000ށްވުރެ ގިނަ މީހުން މަރުވެ، އާބާދީ ބޮޑު ސަރަހައްދުގެ ސިއްހީ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކަރަންޓު ކެނޑި، ތެޔޮ ނުލިބި، އަދި އެއްވެސް ވަސީލަތެއް ނެތި، އަދި ގިނަ ހޮސްޕިޓަލްތަކެއްގެ ޚިދުމަތް މެދުކެނޑިފައި ވާއިރު، އިސްރާއީލުގެ ދިފާއީ ބާރުތަކުން ވަނީ ގިނަ ސިއްހީ ހިދުމަތްތެރިންތަކެއް ބަންދުވެސް ކޮށްފައެވެ.

އޭނާ ވިދާޅުވީ މި މައްސަލަތަކަށް ހައްލެއް ނުލިބިއްޖެނަމަ، ސިއްހީ ޚިދުމަތް ނުލިބުމުގެ ސަބަބުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އުފެދިދާނެކަމަށާއި، ފެނުގެ ޒަރީއާއިން ޖެހޭ ބަލިތަކާއި އިންފެކްޝަންތަކާއި ދާއިމީ ބަލިތަކަށް، 2 މިލިއަން މީހުންގެ އާބާދީގައި ފަރުވާ ނުލިބިދާނެކަމަށެވެ. ތަކުރާރުކޮށް ހިނގަމުންދާ ހަމަނުޖެހުންތަކާއި، މިހާރު ހިނގަމުންދާ ބްލޮކްޑައުންގެ އަސަރުތަކުން އަދިވެސް ޣައްޒާގެ އާންމުން ތިބީ ނުރައްކަލުގެ ތެރޭގައެވެ.

ޑަބްލިއުއެޗްއޯއިން ފަލަސްތީނުގެ ސިއްހަތާބެހޭ ފަރާތްތަކާ ގުޅިގެން، އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތްތައް ކޯޑިނޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިސްރާއީލުން އެ ސަރަހައްދަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަށް ހުރަސްއެޅިފައިވާ ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޣައްޒާއާއި، ހުޅަނގު އައްސޭރީގެ ސަރަހައްދުގައި މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ދެމިއޮތްނަމަ، ޒަރޫރީ ސިއްހީ ޚިދުމަތްތައް ހޯދުމުގައި އަދިވެސް މަސްތަކެއް ނުވަތަ އަހަރުތަކެއް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާފަލަސްތީނުއިޒްރޭލްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު