Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިން ފަލަސްތީނާއެކު

ދިވެހިންގެ 100،000 ޑޮލަރުގެ އެހީއާއެކު ޓްރަކުތައް ޣައްޒާއަށް ވަދެއްޖެ

40 ފޫޓުގެ ހަ ކޮންޓެއިނަރު ޓްރަކް ވަނީ ޣައްޒާއަށް ވަދެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 01:04
ދިވެހިންގެ އެހީއާއެކު ޓްރަކްތައް ޣައްޒާއަށް ވަނީ ވަދެފައި

ދިވެހިންގެ އެހީއާއެކު ޓްރަކްތައް ޣައްޒާއަށް ވަނީ ވަދެފައި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އައި ހަމަލާތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިވެހިން ފޯރުކޮށްދިން އެހީއާއެކު ޓްރަކުތައް ޣައްޒާއަށް ވަދެއްޖެއެވެ.

މި އެހީއަކީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށް ޣައްޒާއަށް ފޮނުވާފައިވާ އެހީއެވެ. މިހާތަނަށް ހަ ޓްރަކު ރަފަހް ބޯޑަރު ހުރަސްކުރުމަށްފަހު ޣައްޒާއަށް ވަދެފައިވާކަން އައިއޭސީން ވަނީ އެކްސް މެދުވެރިކޮށް ހާމަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، އަޒްހަދު އަހުމަދު ވިދާޅުވީ އެންމެ ފުރަތަމަ ޣައްޒާއަށް ވަދެފައިވާ ގާފިލާއަކީ 40 ފޫޓުގެ ހަ ކޮންޓެއިނަރ ޓްރަކުގެ ގާފިލާއެއް ކަމަށެވެ. މިއީ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށުމުން އެހީ ފޮނުވުމަށް މިސްރުގައި ބައިނަލްއަގުވާމީ ހަތަރު ޖަމިއްޔާއެއް ގުޅިގެން ތައްޔާރުކުރި ހަ ކޮންޓެއިނަރ ޓްރަކް ކަމަށް އޭނާ ވިދާޅުވިއެވެ. މި ޖަމިއްޔާތަކުގެ ތެރޭގައި އައިއޭސީ އާއި އިނގިރޭސިވިލާތުގެ އަލް ޚައިރު އާއި އެމެރިކާގެ ލައިފް އަދި ތުރުކީގެ އައިޑީޑީއީއެފް ހިމެނެއެވެ.

މި ހަ ޓްރަކުގެ ތެރޭގައި 3 ކޮންޓެއިނަރު ބަރުކޮށްފައިވަނީ ބޭހާއި މެޑިކަލް ސާމާނުން ކަމަށް އަޒްހަދު މައުލޫމާތު ދެއްވިއެވެ. އަދި ދެ ކޮންޓެއިނަރުގައި ފެން ބަރުކޮށްފައިވާއިރު ގޮދަން ފުށް ބަރުކޮށްފައިވާ ކޮންޓެއިނަރެއްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެހީގެ ޖުމްލަ އަގު 750،000 ޑޮލަރަށް އަރާއިރު މީގެ ތެރޭގައި ދިވެހިން ހަދިޔާކުރި 100،000 ޑޮލަރުގެ ތަކެތި ހިމެނޭ ކަމަށް އަޒްހަދު ވިދާޅުވިއެވެ.

މި ކޮންޓެއިނަރ ޓްރަކްތައް މިވަގުތު ހުރީ އިސްރާއީލުން ކޮންޓޯލް ކުރާ ސަރަހައްދުގައެވެ. ޣައްޒާގެ ރައްޔިތުންނާ ހަމައަށް އެހީ ފޯރުކޮށްދެވޭނީ އިސްރާއީލުް އެ ސާމާނު ޗެކު ކުރުމަށްފަހު ކަމަށް ވެސް އަޒްހަދު ވިދާޅުވިއެވެ.

އައިއޭސީ ހިމެނޭހެން އެހީފޯރުކޮށްދޭ މި ހަތަރު ޖަމިއްޔާގެ ގާފިލާ އެހީއާއެކު ރަފަހް ބޯޑަރު ސަރަހައްދުގައި ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައެވެ. އަދިވެސް ދިވެހިންގެ ފަރާތުން ފޯރުކޮށްދޭ އެހީ އެބަހުރި ކަމަށާއި މީގެ ތެރޭގައި އެމްބިއުލާންސް ވެސް ހިމެނޭ ކަމަށް އަޒްހަދު މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެހީ، އިސްރާއީލުން ވައްދަން ހުއްދަ ދޭ މިންވަރަކުން ޣައްޒާއަށް ފޯރުކޮށްދެވޭނެއެވެ.

މިވަގުތު ޣައްޒާގެ ތެރެއިން ލިބެން ހުރި ތަކެތި ހޯދައިގެން އެތަކެތި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އަޒްހަދު ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އައި ހަމަލާތައް މެދުކަނޑާލީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ ހަމާސް ޖަމާއަތާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމަށްފަހު މިހާރު ވަނީ އިތުރު ދެ ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައެވެ.

ޣައްޒާހަމާސް-އިސްރާއިލް ހަނގުރާމަދިވެހިރާއްޖެ ފަލަސްތީނާއެކުއިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު