Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީގެ އެއްބަސްވުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ގާޑިއޯލާގެ ޖަވާބެއް ނެތް!

ގާޑިއޯލާ ބުނީ، އޭނާއަށް ވަކި އެއްޗެއް ބުނަން ނޭންގޭ ކަމަށާއި، އެހެންކަމުން އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2023 | އަންގާރަ 00:53
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދޭން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ދެކޮޅު ހަދައިފި އެވެ.

ނޫސްވެރިޔަކު ގާޑިއޯލާ އާއި އެ ސުވާލު އަމާޒުކޮށްފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ސިޓީން އާރްބީ ލައިޕްޒިގާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. ސިޓީ އާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން، އެއްބަސްވުން އައު ކުރަން ނިންމާފައިވޭތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެމުން ގާޑިއޯލާ ބުނީ، އޭނާ އަށް ވަކި އެއްޗެއް ބުނަން ނޭންގޭ ކަމަށާއި، އެހެންކަމުން އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވާ ކަމަށެވެ. އެއަށްފަހު ގާޑިއޯލާ ވަނީ އޭނާ އަބަދު ވެސް ބުނަމުން އަންނަ ވާހަކަ ތަކުރާރު ކޮށްފަ އެވެ. އެއީ ފުޓުބޯޅައިގައި ކުރިއަށް އޮތް ތަނުގައި ކަންތައް ވާނެ ގޮތެއް އެއްވެސް މީހަކަަށް ނޭންގޭނެ ކަމަށެވެ.

ލައިޕްޒިގާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސިޓީ ނިކުންނައިރު، ގުރޫޕް ޖީން ގަދަ 16 އަށް ދިޔައީ އެ ދެ ޓީމެވެ. ގާޑިއޯލާ ބުނީ، ގަދަ 16 ވަނަ ބުރުން ލައިޕްޒިގް ޖާގަ ހޯދާފައިވާތީ، އެ ޓީމަށް އޭނާ މަރުޙަބާ ކިޔަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ އަނެއް ބުރުގެ ޖާގައެއް ސިޓީ އަށް ކަށަވަރުވެފައިވީ ނަމަވެސް، އެއް ވަނައިގައި ކުރިއަށް ދިޔުން މުހިންމު ކަމަށެވެ. އެހެންކަމުން ލައިޕްޒިގާ ދެކޮޅަށް ވެސް ސިޓީން ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާއި، މެޗަކީ ސީރިއަސް މެޗެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މި ސީޒަންގެ މިހާތަނަށް އައިއިރު، ސިޓީން ދައްކަމުން އައި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ލައިޕްޒިގާ ދެކޮޅަށް އެ ޓީމު ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު