Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޓެން ހާގްގެ ތައުރީފު ބްރޫނޯ ފެނާންޑޭސް އަށް

28 ނޮވެމްބަރު 2023 | އަންގާރަ 00:36

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު ލިބުނީ މިއަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2023 | އަންގާރަ 00:36
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އަދި ކެޕްޓަން ބްރޫނޯ ފެނާންޑޭސް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އަދި ކެޕްޓަން ބްރޫނޯ ފެނާންޑޭސް

މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ ލީޑާޝިޕަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ތައުރީފުކޮށްފި އެވެ.

ފެނާންޑޭސް އަށް ތައުރީފުކޮށް ޓެން ހާގް ވާހަކަ ދެއްކީ، އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އެވަޓަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ފެނާންޑޭސް އަކީ ލީޑާޝިޕް ހުރި، ރޭވުންތެރި ކެޕްޓަނެއްކަން ފެންނަމުންދާ ކަމަށެވެ.

އޭނާ ބުނީ، ޔުނައިޓެޑުން ހާސިލްކުރަން ބޭނުންވާ އެންމެހާ ކަންކަން ފެނާންޑޭސް އަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ. އަދި އެ ޓީމުގެ އެހެން ކުޅުންތެރިންނާއެކު ގުޅިގެން، އެކުވެގެން ކުރިއަށް ދެވޭނެ ފެންވަރު ވެސް އޭނާގެ ކިބައިގައި ހުރި ކަމަށް ޓެން ހާގް ބުންޏެވެ. އިތުރަށް އޭނާ ބުނީ، ފެނާންޑޭސް އަބަދު ވެސް މަސައްކަތް ކުރަނީ އެހެން ކުޅުންތެރިން ލައްވާ ލަނޑު ޖެހުމަށް ކަމަށާއި، އޭނާގެ ފަރާތުން އެހެން ކުޅުންތެރިންނަށް އިތުބާރު ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން، ޔުނައިޓެޑުގެ ކެޕްޓަނެއްގެ ގޮތުގައި ފެނާންޑޭސް ހަމަޖެއްސުމަކީ އޭނާ އަށް ލިބުނު ހިތްހަމަ ޖެހުމެއްކަން ފާހަގަކޮށް ޓެން ހާގް ބުނީ، އަބަދު ވެސް ބޭނުންވަނީ އެކަހަލަ ލީޑާޝިޕް ދައްކައިދޭނެ ކެޕްޓަނުން ކަމަށެވެ.

ސްޕޯޓިންގައި ހުރުމަށްފަހު ފެނާންޑޭސް ޔުނައިޓެޑަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ކުލަބުގައި މޮޅަށް ކުޅެމުންނެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު ލިބުނީ މިއަހަރު އެވެ. އައު ސީޒަނަށް ޔުނައިޓެޑުން ކުރިމަތިލީ ފެނާންޑޭސްގެ ކެޕްޓަން ކަމުގެ ދަށުންނެވެ. އޭނާ އަށް ކެޕްޓަންކަން ހަވާލު ކުރުމަށް ކޯޗު ޓެން ހާގް ނިންމީ، ކުރީގެ ކެޕްޓަން ހެރީ މެގުއާގެ ކުޅުން ދަށްވުމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ގައުމީ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗު ސޮފީ ހަންގޭރީ އަށް

19 މާރިޗު 2017
ގައުމީ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗު ސޮފީ ހަންގޭރީ އަށް
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް