Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ނާއިބުރައީސް

އީވާގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ ތްރީލައިން ވިޕެއް

27 ނޮވެމްބަރު 2023 | ހޯމަ 06:37

މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އީވާ ޢަމަލުކުރައްވާ ކަަމަށް މެންބަރުން ވިދާޅުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2023 | ހޯމަ 06:37
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ.

އީވާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ތްރީ ލައިން ވިޕެއް ނެރެން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކު، ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ވަކިކުރުމުގެ ނޯޓިސް އީވާގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައިވަނީ ނޮވެމްބަރު މަހުގެ 16ގައެވެ.

އޭނާ ވަކިކުރުމަށް ހުށަހެޅި ޤަރާރުގައި ބުނެފައިވަނީ އީވާ މަޖިލީހުގެ ނާއިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ކެންޑިޑޭޓުންގެ އިޤުރާރުގައި ސޮއިކުރައްވައިގެން ކަމަށާއި އިންތިޚާބުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް އެ އިޤުރާރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އަމިއްލަފުޅަށް އެދިވަޑައިގެން، އެމްޑީޕީގެ މެންބަރުކަމުން އީވާ ވަކިވެވަޑައިގެންފައިވާތީ އެ އަމަލަކީ އެ އިޤުރާރާ ޚިލާފުވުންކަން އެނގެން އެބައޮތް ކަމަށެވެ.

އަދި އެމްޑީޕީ މެންބަރުން އީވާއަށް ވޯޓުދީފައިވަނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުންނެވުމާއެކު އެމްޑީޕީއަށް އިހްލާސްތެރިވެވަޑައިގަންނަވާނެ ކަމަށް އިތުބާރުކޮށްގެންކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމްޑީޕީން ވަކިވެވަޑައިގަތުމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އީވާއަށް ކުރަމުންދިޔަ އިތުބާރު ގެއްލިފައިވާކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

އީވާ ވަނީ މަޖިލީހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަވަން ގަސްތުގައި ހުރަސް އަޅުއްވާފައި ކަަމަށާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އީވާ ޢަމަލުކުރައްވާފައިވާ ކަަމަށް ވެސް މެންބަރުން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް