Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރިޒަންސް އޮފިސަރުން ތަމްރީން ކުރުން

ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ 28 ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފި

"ބެސްޓް އޯލް ރައުންޑް" އަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ހިޝާމް އިސްމާޢީލް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 00:51
"ބެސްޓް އޯލް ރައުންޑް" އަށް ހޮވުނު ޕްރައިވެޓް މުޙައްމަދު ހިޝާމް އިސްމާޢީލް

"ބެސްޓް އޯލް ރައުންޑް" އަށް ހޮވުނު ޕްރައިވެޓް މުޙައްމަދު ހިޝާމް އިސްމާޢީލް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ ކަރެކްޝަންސްގެ ޖަލު އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 28 ވަނަ ބެޗެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ މާފުށީ ޖަލުގައެވެ.

Advertisement - newsAdvertisement

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޓްރެއިނިން ފެށީ 22 ޖުލައި 2023ގައެވެ. މި ޕްރޮގްރާމުގައި 38 ފަރާތަކުން ބައިވެރިވިއިރު, އޭގެ ތެރެއިން 37 ޓްރޭނީން ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް ވަނީ މެޑަލް އަރުވާފައެވެ. އަދި އެންމެ ދުޅަ ހެޔޮ ފިރިހެން އޮފިސަރާއި، ތަޢުލީމީ ރޮނގުން އެންމެ މޮޅު އޮފިސަރާއި، އަމަލީ ގޮތުން އެންމެ މޮޅު އޮފިސަރުގެ އިތުރުން "ކޮމިޝަނަރ އޮފް ޕްރިޒަންސް އެވޯޑް" ހޮވައި، ސެޓްފިކެޓް އަދި ޝީލްޑް ވަނީ ދީފައެވެ.

"ބެސްޓް އޯލް ރައުންޑް" އަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ހިޝާމް އިސްމާޢީލްއެވެ. އޭނާއަށް ސެޓްފިކެޓާއި ޝީލްޑް، ސޭޝް އަދި ބެރޭ ވަނީ ހަވާލުކޮށްފައެވެ. އަދި ކޮންމެ ޕްލެޓޫންއަކުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރުންނަށް ޝީލްޑް ދީފައިވާއިރު، އެންމެ މޮޅު ޕްލެޓޫން ހޮވައި ވަނީ ޓްރޮފީ ދީފައެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ޣާޒީ އަލްއުސްތާޛު ފައިޞަލް އާދަމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ވިދާޅުވީ ކަރެކްޝަންސްއަކީ މި ވަގުތު ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެންމެ މުހިއްމު އެއް މުއައްސަސާކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން މުޖުތަމައުން އެކަހެރިވެ، ބާކީވެ، އެއްފަރާތް ވެފައިވާ ހުރިހާ ރައްޔިތުންގެ ފުރިހަމަ ޒިންމާ ނަގާ، އެ ރައްޔިތުން މުޖްތަމައަށް އަނބުރާ ގެނައުމުގެ ޒިންމާއާ ހަވާލުވެފައިވާ ވަރަށް މުހިންމު މުއައްސަސާއެއް ކަމަށެވެ. އަަދި ކަރެކްޝަނުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުވައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެންއޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ ދިވެހި އާ ޖީލުގެ ކިބައިގައި ޤައުމިއްޔަތާއި ޑިސިޕްލިން ބިނާކުރުމާއި ދީނީ ތަރަހައިގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އޮފިސަރުން އުފުލަން ޖެހޭ މަސްއޫލިއްޔަތަކީ ވަރަށް ވަރުގަދަ މަސްއޫލިއްޔަތެއް ކަމަށާއި އަޒުމް ކަނޑަ އަޅަންޖެހޭނީ މުޖްތަމައުގައި ގަދަރު ލިބިދޭ އޮފިސަރުންނަށް ވުމަށް ކަމަށެވެ. ޖަލު ތެރޭގައި ދަންނަ ގާތް މީހަކު އޮތަސް، އަޒުމުކަނޑަ އަޅާ، އަމަލު ކުރަން ޖެހޭނީ ކުރާ ހުވާއާ އެއްގޮތަށް ކަމަށް ކޮމިޝަނަރ ނަސޭހަތްތެރިވެލެއްވިއެވެ.

އައިކޯސްޓްއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވަމުން ކޮމިޝަނަރ ވިދާޅުވީ އައިކޯސްޓް ތަރައްޤީކޮށް، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގޭނެ ގޮތް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ދަސްވެނިންނަށް ނަސޭހަތްތެރިވެލެއްވީ ވަޒީފާގެ މާހައުލާ ގުޅުމުގެ ފަހުން ރައްޓެހިންނާއި ދަންނަ މީހުންގެ ކިބައިން ގޯސް ހުށަހެޅުމެއް އަންނަ ކަމުގައިވަނީނަމަ، އެކަންކަމަށް ނޫނެކޭ ބުނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު