Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީގެ ކުޅުން ދަށް ކަމަށް ބުނެ، ޕޮޗެޓީނޯ ރަތަށް!

ޗެލްސީގެ ކުޅުންތެރިންނަކީ ކިތަންމެ ޒުވާން ކުޅުންތެރިންނަށްވީ ނަމަވެސް، އެވަރުގެ ކުޅުމެއް ދެއްކުމުން ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 00:38
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކުޅުން ދަށް ކަމަށާއި، ނަތީޖާ ނުނެރެވެނީ އަމިއްލަ އަށް ހަދަމުން އަންނަ ގޯސްތަކުގެ ސަބަބުން ކަމަށް ބުނެ، އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ރުޅި ގަދަވެއްޖެ އެވެ.

ޕޮޗެޓީނޯ މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑު އަތުން ޗެލްސީ އަށް ލިބުނު ބައްޔާއެކު އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، އެ މެޗަކީ މި ސީޒަންގެ މިހާތަނަށް ޗެލްސީން ކުޅުނު އެންމެ ފެންވަރު ދަށް މެޗު ކަމަށެވެ. އޭނާ ބުނީ މެޗުގައި ޗެލްސީން ދެއްކީ އެއްވެސް ވަރަކަށް މުހިންމުކަން ދީގެން ކަމެއް ހާސިލް ކުރަން އުޅޭ ކަހަލަ ކުޅުމެއް ނޫން ކަމަށެވެ. ޗެލްސީގެ ކުޅުންތެރިންނަކީ ކިތަންމެ ޒުވާން ކުޅުންތެރިންނަށްވީ ނަމަވެސް، އެވަރުގެ ކުޅުމެއް ދެއްކުމުން ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ޗެލްސީ އަށް އެކުލަބުގެ ފެންވަރު ސާބިތު ކޮށްދިނުމަށް އެހެން ލިބެމުން އަންނަ މަދު ފުރުސަތުތައް ނަގާލެވެން ނެތް ކަމަށެވެ. އޭނާ ބުނީ، ކުޅުންތެރިން މިހާރަށް ވުރެ ސީރިއަސް ވާން ޖެހޭ ކަމަށާއި، ޙާލަތު ބަދަލު ކުރެވޭނީ މަސައްކަތް ކޮށްގެން ކަމަށެވެ. ޗެލްސީ އެ ޙާލަތަށް ދިޔައީ ވެސް ކުރިން ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި، އެކަން ތަކުރާރުވާން އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ބުނީ، އޭނާގެ މަސައްކަތަކަށް ވާނީ ކުލަބުގެ ފެންވަރު ރަނގަޅު ކުރުން ކަމަށާއި، އޭނާ ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށެވެ.

ޗެލްސީގެ ކޯޗުކަމާ މިއަހަރު ޕޮޗެޓީނޯ ހަވާލުވި ފަހުން ވެސް އެ ޓީމުގެ ނަތީޖާތައް ރަނގަޅުވެފައެއް ނުވެ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން އެ ޓީމަށް ލިބެނީ 16 ޕޮއިންޓެވެ. ޗެލްސީ އޮތީ ވެސް ލީގު ތާވަލްގެ 10 ވަނައިގަ އެވެ. މިހާތަނަށް އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. ހަތަރު މެޗުން އެއްވަރުވެފައިވާއިރު، ފަސް މެޗުންް ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު