Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުންފުނިތަކަށް އިސްވެރިން އައްޔަންކުރެއްވުން

7 ކުންފުންޏެއްގެ އިސްވެރިންނަށް ބޭފުޅުން ހަމަޖައްސަވަން ނަން ފޮނުއްވައިފި

މި ހަފުތާތެރޭގައި، ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރައްވައި ނިންމެވުމަށް ދަނީ މަސައްކަތް ކުރައްވަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2023 | އާދީއްތަ 13:18
ކުންފުނިތަކަށް އައްޔަންކުރެއްވި ބޭފުޅުން

ކުންފުނިތަކަށް އައްޔަންކުރެއްވި ބޭފުޅުން

7 ކުންފުންޏެއްގެ އިސްވެރިންނަށް ބޭފުޅުން އައްޔަންކުރައްވަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަންތައް ފޮނުއްވައިފިއެވެ.

އެގޮތުން، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވަން ނަން ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީނެވެ. އޭނާއަކީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ ޖޭޕީގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕީޕިއެމާ ގުޅިވަޑައިގެންފައެވެ.

Advertisement - newsAdvertisement

މީގެ އިތުުރުން ދައުލަތުގެ މީިޑިއާ ކަމަށްވާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޒީނާ ޒާހިރު އައްޔަންކުރައްވަން ވަނީ ނަން ފޮނުއްވާފައެވެ. ޒީނާއަކީ މީޑިއާގައި ގިނަ ދުވަހު މަސައްކަތްކުރެއްވުމުގެ އިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަގާމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދުގެ ނަން ވަނީ ފޮނުއްވާފައެވެ. އޭނާއަކީވެސް މީޑިއާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)، އަރބަންކޯގެ އެމްޑީއަކަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ހަމަޖައްސަވާފައެވެ. ފަޒުލް ވަނީ މީގެ ކުރިން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު އައްޔަންކުރައްވަން ފޮނުއްވާފައެވެ. އަދި އެމްއޭސީއެލްގެ އެމްޑީއަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް އިބްރާހިމް ޝަރީފް ވަނީ އައްޔަންކުރައްވާފައެވެ.

މި ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތުގެ އަޕްޑޭޓެއް ހޯދުމަށް ޕީސީބީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެނގިފައިވާގޮތުން މި ހަފުތާގެތެރޭގައި ކުންފުނިތަކަށް އައްޔަންކުރައްވާ ބޭފުޅުން އައްޔަންކުރައްވައި ނިންމެވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު