Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމް ބޮއްސުންލުމުން ޖަވާ އިސްތިއުފާ ދެއްވައިފި

އެފްއޭއެމްގެ ހިންގުމުގައި ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2023 | އާދީއްތަ 09:31
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީގެ މަޤާމުން ޙުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޖަވާ ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އަދި އެ މެސެޖުގައި ޖަވާ ވަނީ އެފްއޭއެމްގައި 24 އަހަރާއި، ތިން މަސް ދުވަހު މަސައްކަތް ކޮށްފައިވާނެކަން ފާހަގަ ކުރައްވައިފަ އެވެ. މީގެ އިތުރުން ކުޅިވަރުގެ ނޫސްވެރިންގެ ފަރާތުން ޖަވާ އަށް ލިބުނު އެހީތެރިކަމާއި، އެއްބާރުލުމަށް ވެސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އިތުރަށް ޖަވާ ވިދާޅުވީ، އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުން ޖަވާ އިސްތިއުފާ ދެއްވާފައި ވަނީ، އެ އިދާރާގެ ކަންކަން ރަނގަޅު ކުރުމަށް ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވީއިރު ވެސް، ޖަވާ އަށް ކަންކަން ރަނގަޅު ކުރެވިފައި ނުވާތީ އެވެ. މި ފަހަކަށް އައިސް އެފްއޭއެމްގެ މާލީ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ އިދާރާ އަށް އެކި އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާ އަށް، އެ އިދާާރާގެ އިސްވެރިން ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ކުރެވޭއިރު، އެ މައްސަލަ ދިވެހި ފުލުހުންގެ އިދާރާ އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުުހުން ވަނީ އެފްއޭއެމް ބަލައި ފާސްކޮށްފަ އެވެ.

ޖަވާ އަކީ ފާއިތުވި އަހަރުތަކުގައި އެފްއޭއެމްގެ ހިންގުމުގައި ވަރަށް އިސްކޮށް އުޅުއްވާފައިވާ ފަރާތެކެވެ. އެންމެ ފުރަތަމަ އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ޖަވާ ވަޑައިގެންނެވީ ކުރީގެ ރައީސް އިލްހާމް އަޙުމަދުގެ ދައުރުގެ ފަހު ބައިގަ އެވެ. އޭގެ ފަހުން މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ފުރަތަމަ ދައުރުގައި އެ މަޤާމަށް ވަޑައިގެންނެވި އެވެ. އެފްއޭއެމްގެ ރައީސްކަމުގެ ދެ ވަނަ ދައުރަށް ބައްސާމް ވަޑައިގެންނެވުމުން ވެސް، އެ މަގާމުގައި ހުންނެވީ ޖަވާ އެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު