Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއީލް ހަނގުރާމަ

ހަމަލާ ބަދަލުކުރުން މެދުކަނޑާލިތާ 3 ވަނަ ދުވަސް: ފަލަސްތީންގެ 78 މީހުން މިނިވަންކުރެވިއްޖެ

ހަމާސުން މިނިވަން ކުރަން ހަމަޖެހިފައިވާ ތިން ވަނަ ގްރޫޕްގެ ލިސްޓު މިހާރު އިސްރާއީލަށް ލިބިފައިވާކަމަށް އެ ގައުމުން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 ނޮވެމްބަރު 2023 | އާދީއްތަ 09:38
އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދޫކޮށްލި ރަހީނުން އުފުލާ އެމްބިއުލާންސެއް، އިސްރާއީލާއި ޣައްޒާގެ ބޯޑަރު ކައިރީގައި

އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދޫކޮށްލި ރަހީނުން އުފުލާ އެމްބިއުލާންސެއް، އިސްރާއީލާއި ޣައްޒާގެ ބޯޑަރު ކައިރީގައި

ހަމާލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެ، އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އާދިއްތަ ދުވަހު ވެސް ރަހީނުން ބަދަލުކުރަން ހަމަޖެހިއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ވަނީ ހަތަރު ދުވަހުގެ މުއްދަތަކަށް ޣައްޒާއަށް ހަމަލާދިނުން މެދުކަނޑާލާފައެވެ.

ހުކުރު ދުވަހުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ވަނީ ފަށާފައެވެ. އެގޮތުން، އޮކްޓޫބަރު 7 ވަނަ ދުވަހު، ހަމާސުން ރަހީނުކުރި މީހުންގެ ތެރެއިން އިސްރާއީލުގެ 24 މީހުން ދޫކޮށްލުމުން، ބަދަލުގައި އިސްރާއީލުން ވަނީ އެ މީހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 39 މީހުން މިނިވަންކޮށްފައެވެ.

ހޮނިހިރު ދުވަހު ހަމާސުން ވަނީ އެމީހުން ހައްޔަރުކުރި މީހުންގެ ތެރެއިން އިސްރާއީލުގެ މީހުން ދޫކޮށްލުން ލަސްކޮށްފައެވެ. ހަމާސުން މިނިވަން ކުރަން ހަމަޖެހިފައިވާ އިސްރާއީލުގެ 13 މީހުންނާއި ތައިލޭންޑުގެ ހަތަރު މީހުން ދޫކޮށްލާފައި ވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. އިިސްރާއީލުން ވަނީ އެމީހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އިތުރު 39 މީހުން މިނިވަންކޮށްފައެވެ.

އާދިއްތަ ދުވަހު އިތުރު ރަހީނުން ބަދަލުކުރަން ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަމާސުން މިނިވަން ކުރަން ހަމަޖެހިފައިވާ ތިން ވަނަ ގްރޫޕްގެ ލިސްޓު މިހާރު އިސްރާއީލަށް ލިބިފައިވާކަމަށް އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ލިސްޓު ޗެކްކޮށް އާއިލާތަކަށް އަންގާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެއްބަސްވެފައިވާ ހަތަރު ދުވަހުގެ ތެރޭގައި ހަމާސުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ މީހުންގެ ތެރެއިން 50 މީހުން މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އެމީހުންގެ ބަދަލުގައި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 150އެއްހާ މީހުން ދޫކޮށްލަން ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގައި އިސްރާއިލާއި ހަމާސުން ސޮއިކޮށްފައި ވަނީ ނިމުނު ހަފުތާގައެވެ. އެއްބަސްވުމުގައި ސޮއިކުރިފަހުން ވެސް، އެއްބަސްވެފައިވާ ގަޑި ޖެހެންދެން، ހުކުރު ދުވަހާ ހަމައަށް އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ، ގިނަ ހަމަލާތަކެއް ދީފައެވެ.

ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލާފައި މިވަނީ ގާތްގަނޑަކަށް 50 ދުވަހު ހުއްޓުމެއްނެތި އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ 15،000ށްވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު