Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގަތުން

"މުއިއްޒު ޕްލީޒް ކޯލް މީ" ޖައްސަވާފައި ޔާމީނު މުއިއްޒަށް ފޮނުއްވި މެސެޖު ސީންޒޯންގައި؟!

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ޕީޕީއެމް ޕީއެންސީން އެކުގައި ވާދަކުރަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2023 | އާދީއްތަ 08:24
ޑެމޯ ފޮޓޯއެއް- އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭގަނޑު 21:43 ގައި ރައީސް ޔާމީން ވަނީ ޑރ މުއިއްޒުއަށް މެސެޖެއް ކުރައްވާފައި

ޑެމޯ ފޮޓޯއެއް- އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭގަނޑު 21:43 ގައި ރައީސް ޔާމީން ވަނީ ޑރ މުއިއްޒުއަށް މެސެޖެއް ކުރައްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ޙުކުމާއެކު ދެ ޕާޓީ ހިންގުމުގެ ޒިންމާއާ ޙަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް އަދި މިހާރު އެ ޕާޓީގެ ޗެއަރމަން އަބްދުއްރަޙީމް އަބްދުﷲއެވެ.

މިއަދު އަބްދުއްރަޙީމަށް އޮތް ޒިންމާތައްވެސް ނުހަނު ބޮޑެވެ. ކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަބްދުއްރަޙީމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ވެސް މެއެވެ.

ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގަތުމާއެކު، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ޕީޕީއެމް ޕީއެންސީން އެކުގައި ވާދަކުރަން ނިންމާފައިވާކަން މިވަނީ އިއުލާނުކޮށްފައެވެ. މިއީ ވެސް ރައީސް މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް އަބްދުއްރަޙީމުގެ މައްޗަށް އޮތް ޒިންމާއަށް އިތުރުވި ބޮޅެކެވެ.

މި ވަގުުތު އަބްދުއްރަޙީމް ފެންނަމުންދަނީ ސަރުކާރާ ދިމާލަށް އަމާޒުވާ ކޮންމެ ގާކޮޅެއް ދުރަށް ޖައްސާލުމަށް މަޅުގަނޑު ނަންގަވައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. ޚާއްސަކޮށް، ޑރ މުއިއްޒަށް އަމާޒުވާ ބަހުގެ ކޮންމެ ޙަމަލާއަކަށް އަބްދުއްރަޙީމް ގެންދަވަނީ ރައްދު ވެސް ދެއްވަމުންނެވެ.

އޭގެ ތެރެއިން އެއް ކަމަކީ ކުރީގެ ނާއިބްރައީސް، އަދި ޔާމީންގެ މަހާ ވަކީލު ޑރ މުޙައްމަދު ޖަމީލް އަހުމަދު ސަރުކާރާއި، ޑރ މުއިއްޒާ ގުޅުވައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކެވެ. އެގޮތުން ޔާމީން ޕީޕީއެމް ދޫކުރެއްވި މައިގަނޑު އެއް ސަބަބަކީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ޔާމީންގެ ކޯލްތަކަށް ޖަވާބު ނުދެއްވުން ކަމަށް ޖަމީލު ވިދާޅުވެފައިވެއެވެ.

އެ ވާހަކަތައްވީ އަބްދުއްރަޙީމަށް މާ ބަލައިގަނެވޭ ޒާތުގެ ވާހަކަތަކަކަށް ނޫނެވެ. އެގޮތުން އަބްދުއްރަޙީމް އެކަމަށް ރައްދު ދެއްވައި ވިދާޅުވެފައިވަނީ، ޑރ ޖަމީލް އެ ހެއްދެވީ އިތުރުފުޅެއްކަމަށެވެ.

އަދި ޖަލުން ގެކޮޅަށް ބަދަލުކުރި ފަހުން ޔާމީނުގެ ކޯލެއް، ނުވަތަ މެސެޖެއް ވެސް ޑރ މުއިއްޒަށް ލިބިވަޑައިގެންފައިނުވާކަމަށް އަބްދުއްރަޙީމް ވިދާޅުވެއެވެ.

އެހެންނަމަވެސް، އަނެއްކޮޅުން މި ހުންނެވީ ޑރ ޖަމީލެވެ. ޑރ ޖަމީލު ވެސް ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. ވަގުތުން އެ ވާހަކަތަކަށް މިވަނީ ރައްދު ދެއްވާފައެވެ. ރައްދު ދެއްވީ، މެސެޖު ކުރެއްވި ސީދާ ގަޑިއާއި ތާރީޚާއި އިބާރާތާ ވެސް އެކުގައެވެ.

ޑރ ޖަމީލް ވިދާޅުވީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭގަނޑު 21:43 ގައި ރައީސް ޔާމީން ޑރ މުއިއްޒުއަށް "މުއިއްޒު ޕްލީޒް ކޯލް މީ" މިހެންޖައްސަވާ ފޮނުއްވި މެސެޖް ޑރ. މުއިއްޒު ބައްލަވާފައިވާކަމަށެވެ.

އެހެންނަމަވެސް، އެ މެސެޖު ބައްލަވައި، މިއަދާ ހަމައަށް ވެސް ޖަވާބެއް ދެއްވާފައިނުވާކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ. ޖަމީލް ވިދާޅުވާ ގޮތުގައި އެ މެސެޖު މިހާރު ވެސް އެބައޮތެވެ.

ވީއިރު، އަބުދުއްރަޙީމް ރައްޔިތުންނަށް އޮޅުވާލައްވަނީ ކީއްވެކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ޚުދު ދެ ޕާޓީ ހިންގެވެމާއި ޙަވާލުވެ ހުންނެވިއިރު ވެސް، ޔާމީނު ގެކޮޅަށް ބަދަލުކުރެއްވުމުން އެމަނިކުފާނާ ހަމައަށް ވަޑައިނުގަތީ ކީއްވެތޯ އެއީ ޖަމީލް އުފައްދަވާ ސުވާލެކެވެ.

ކޮންމެއަކަސް، ޔާމީނުގެ މެސެޖާއި، އެ މެސެޖަށް ރައީސް މުއިއްޒު ޖަވާބު ދެއްވުމާއި ނުދެއްވުމުގެ ވާހަކަ އެއް ފަރާތެއްގައި ބާއްވަމާތޯއެވެ. ހަގީގަތަކީ، އެއީ އެކަން ހިނގައި ދިޔަގޮތްކަމަށް ބާރު ލިބިދޭފަދަ ކަންކަން ޔާމީނު ގެކޮޅަށް ބަދަލު ކުރެއްވި ފަހުން ވެސް ފެންނަމުން ގޮސްފައިވާކަމެވެ.

މިސާލަކަށް، ޔާމީން އެތައް ދުވަހެއް ވަންދެން ޖަލުގައި ހުންނެވުމަށްފަހު ނުކުމެވަޑައިގެން ބޭއްވެވި ފުރަތަމަ ބައްދަލުވުންތަކުން ވެސް ލީޑަރޝިޕްގެ ބޭފުޅުން ނުފެނުމާއި، ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގަތުމުން ވެސް، ޔާމީނަކީ ސިޔާސީ ޤިބްލަކަމަށް ވިދާޅުވަމުން ގެންދެވި ބޭފުޅުން މަޤާމުތަކުން ގުޑާނުލުމާއި، އެތައް އެތައް ކަމެކެވެ.

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2018

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

01 ޖެނުއަރީ 2018
ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!
27 ޑިސެމްބަރު 2017

ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

27 ޑިސެމްބަރު 2017
ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟
06 އޮކްޓޯބަރު 2017

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟
01 އޮކްޓޯބަރު 2017

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު