Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުއްޖާއަށް އަނިޔާކުރި މެއިޑް

ކުޑަކުއްޖާއަށް އަނިޔާކުރި ކަމަށް މެއިޑް އެއްބަސްވެއްޖެ

25 ނޮވެމްބަރު 2023 | ހޮނިހިރު 02:48

ވަކީލަކު ބޭނުން ނުވާކަމަށް މެއިޑް ވަނީ ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ނޮވެމްބަރު 2023 | ހޮނިހިރު 02:48
ކުޑަކުއްޖާއަށް މެއިޑް އަނިޔާކުރަނިކޮށް ފެންނަ ވީޑިއޯގެ ސްނެޕްޝޮޓެއް

ކުޑަކުއްޖާއަށް މެއިޑް އަނިޔާކުރަނިކޮށް ފެންނަ ވީޑިއޯގެ ސްނެޕްޝޮޓެއް

މާލޭގެ ގެއެއްގައި ކުޑަކުއްޖަކު ބަލަން ގެނައި މީހަކު، އޭނާ ބަލަން ހަވާލުވެފައިވާ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ކޯޓުގައި އެއްބަސްވެއްޖެއެވެ.

މެއިޑް މިކަމަށް އެއްބަސްވެފައިވަނީ ދެވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ، މާލޭގެ ގެއެއްގައި ކުޑަކުއްޖަކު ބަލަން ގެނެސްފައިހުރި މެއިޑް އެ ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައެކެވެ. މި މައްސަލާގައި މެއިޑް (އިންޑިއާގެ ރައްޔިތެއްކަމަށްވާ ސަންދީޕް ކައުރު، 22އ)އާ ދެކޮޅަށް ހެކީގެ ގޮތުގައި، ހުށަހަޅާ ފަރާތުން ބުނާ ބުނުމާއި، ވީޑިއޯ ކްލިޕާއި، ހުށަހަޅާ ފަރާތުގެ ބަޔާނާއި، ކުއްޖާގެ މަންމަގެ ބަޔާން، އަދި ފުލުހުންގެ ބަޔާން ހިމެނެއެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ޅ)ށް ރިއާޔަތްކޮށް، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމުގައި ވަނީ ބުނެފައެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގެ 3 އަދި 4 ވަނަ ނަންބަރުގައި ހުރި ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީކަމަށް ބުނެފައިވެއެވެ.

ހުކުރު ދުވަހު ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، މި މީހާ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާކަމަށް މީގެ ކުރީގެ މުއްދަތުގައި ބުނެފައިވާކަމަށާއި، ނަމަވެސް އައްޔަނުވެފައިވާ ވަކީލު ތަނާޒުލު ފޯމް ހުށަހަޅާފައި ނުވާކަމަށް އައިއޯ ފާހަގަކުރިއެވެ. އަދި ހުކުރު ދުވަހުގެ އަޑުއެހުމަށް ވަކީލު ހާޒިރުވެފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅޭނެކަން އައިއޯ ފާހަގަކުރިއެވެ. މި މީހާ ވަނީ ކުޑަކުއްޖާއަށް އަނިޔާކުރި ކަމަށާއި، އޭނާ އެކަމަށްޓަކައި މައާފަށް އެދޭކަމަށް ކޯޓުގައި ބުނެފައިވެއެވެ.

ސަންދީޕް ކައުރުގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

މުންޑޫ ކައުންސިލްގެ ނައިބް ރައީސް އަނިޔާކުރި ކަމަށް ބުނާ އަންހެންމީހާގެ ހާލު ރަނގަޅު: ގަމު ރީޖަނަލް ހޮސްޕިޓަލް

08 ޖެނުއަރީ 2018
މުންޑޫ ކައުންސިލްގެ ނައިބް ރައީސް އަނިޔާކުރި ކަމަށް ބުނާ އަންހެންމީހާގެ ހާލު ރަނގަޅު: ގަމު ރީޖަނަލް ހޮސްޕިޓަލް
07 ޖެނުއަރީ 2018

މުންޑޫ ކައުންސިލްގެ ނައިބް ރައީސް އަންހެނަކަށް އަނިޔާކުރި މައްސަލަ ބަލަނީ

07 ޖެނުއަރީ 2018
މުންޑޫ ކައުންސިލްގެ ނައިބް ރައީސް އަންހެނަކަށް އަނިޔާކުރި މައްސަލަ ބަލަނީ
28 ޑިސެމްބަރު 2017

އިހްތިޖާޖު ކުރުމުން މާބައިދޫ އަންހެނުންގެ ކޮމިޓީއަށް ފައިސާ ދޭން ކައުންސިލުން އެއްބަސްވެއްޖެ

28 ޑިސެމްބަރު 2017
އިހްތިޖާޖު ކުރުމުން މާބައިދޫ އަންހެނުންގެ ކޮމިޓީއަށް ފައިސާ ދޭން ކައުންސިލުން އެއްބަސްވެއްޖެ
16 ނޮވެމްބަރު 2017

މިނިޓް މެއިޑް ޕަލްޕީ ޖޫހުގެ ވަކި ބެޗެއް ވިއްކުން މަނާކޮށްފި

16 ނޮވެމްބަރު 2017
މިނިޓް މެއިޑް ޕަލްޕީ ޖޫހުގެ ވަކި ބެޗެއް ވިއްކުން މަނާކޮށްފި
16 އޮކްޓޯބަރު 2017

އަދީީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ކަރެކްޝަނުން އެއްބަސްވެއްޖެ

16 އޮކްޓޯބަރު 2017
އަދީީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ކަރެކްޝަނުން އެއްބަސްވެއްޖެ
28 ޖުލައި 2017

ކިތަންމެ އަނިޔާކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

28 ޖުލައި 2017
ކިތަންމެ އަނިޔާކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
23 ޖުލައި 2017

ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި

23 ޖުލައި 2017
ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި
18 ޖޫން 2017

އިއްސެ މަރާލި ކަމަށް ބިދޭސީ މީހާ އެއްބަސްވެއްޖެ

18 ޖޫން 2017
އިއްސެ މަރާލި ކަމަށް ބިދޭސީ މީހާ އެއްބަސްވެއްޖެ
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް