Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ އެއް ހިނގުން

ކުނަހަންދޫ މުދާ އުފުލާ ދޯންޏެއްގައި ރޯވެ ދޯނީ ގެގަނޑުތެރޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވުނު

23 ޖުލައި 2025 | ބުދަ 14:39

ލ. ކުނަހަންދޫ ބަނދަރުގައި އޮތް 115 ފޫޓުގެ މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 ޖުލައި 2025 | ބުދަ 14:39
ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 11 ޖަހާކަންހާއިރުގައި ހިނގި މިހާދިސާގައި އަލިފާން ރޯވެފައިވަނީ 115 ފޫޓުގެ ދިގުމިނުގެ މުދާ އުފުލާ ދޯންޏެއްގައި އެވެ. އަލީފާން ރޯވީ އެ ދޯނީގައި ހިޔާކޮށްފައި ހުރި ގެގަނޑުގައެވެ.

Advertisement - newsAdvertisement

އެ ދޯނީގައި ރޯވި މި އަލިފާން ގަނޑު ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއި އެކު ވަނީ ނިއްވާލާފައެވެ. އެހެން ނަމަވެސް އަލިފާން ރޯވި އެ ދޯނީގެ ގެނގަނޑު ވަނީ އެއްކޮށް އަނދާފައެވެ.

ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަކީބު "ރާއްޖެ އެމްވީ"އަށް ވިދާޅުވީ އަލިފާން ރޯވެފައިވަނީ ދޯނީގެ ގެނގަނޑުގައި ކަމަށެވެ. އަދި އަލިފާން ހިފަން ދިމާވި ސަބަބު އަދިވެސް ނޭގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީބް ވިދާޅުވީ ދޯނީގައި އަލިފާން ހިފާފައި ވަނީ އޭގެ ފަޅުވެރިންނާއި ކައްޕިވެސް ދޯނީގައި ނެތްވަގުތެއްގައި ކަމަށެވެ.

ޝަކީބް ވިދާޅުވީ މަންޒަރު ދުއް މީހުންނަށް އެންމެ ފުރަތަމަ އަލިފާން ރޯވެފައި ހުއްޓާ ފެނުނީ ދޯނީގައި ހިޔާކޮށްފައި ހުރި ގެގަނޑުގެ މަތިން ކަމަށެވެ. އަދި ރޯވުމުގެ ކުރިން އެތަނުން ބާރު އަޑެއް އިވިފައިވާ ކަމަށް ދޯނީގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިއަކަށް އިވުނު ކަމަށް ވާހަކަ ދެކެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ އަޑު އިވިފައި ވަނީ ކޯންޗަކުން ކަން ނޭގޭ ކަމަށް ވިދާޅުވިއެވެ.

ޝަކީބް ވިދާޅުވީ ދޯނީގެ ކައްޕީގެ ފޯން ޗާޖަށް ޖަހާފައި އޮތީ އެ ރޯވި ގެގަނޑުގެ މަތީގައި ކަމަށެވެ. އެހެން ކަމުން އިވުނު އެ އަޑަކީ، ކައްޕީގެ މޯބައިލް ފޯނު ގޮވި އަޑުކަމަށް ވެސް ބައެއް މީހުން ބުނެފައި ވާކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ އެއީކަމުގައި ވުން އެކަށީގެންވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ޔަގީންކޮށް ބުނަން ނޭގޭ ކަމަށް ޝަކީބު ވިދާޅުވިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބުނުގޮތުން އެ ރޯވި ގެގަނޑުގައި ހުރި ހުރިހާ އެއްޗެއް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

އެ ދޯނީގައި މަސައްކަތް ކުރާ ބައެއް ބިދޭސީންގެ މުސާރައަށް ލިބުނު ފައިސާ ތަކާއި އެމީހުންގެ ބައެއް މީހުންގެ މޯބައިލް ފޯނާއި އެހެނިހެން ބައެއް ބޭނުންތެރި ސާމާނު ވެސް ހުރީ އެ ރޯވި ގެގަނޑުގެ ތެރޭގައި ކަމަށާއި އޭގެން އެއްވެސް އެއްޗެއް ސަލާމަތް ވެފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް