Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިސްރާއީލާއި ހަމާސްއިން ރަހީނުން މިނިވަންކުރުން

އިސްރާއީލާއި ހަމާސްގެ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަށް އަމަލުކުރުން ހުކުރު ދުވަހު

23 ނޮވެމްބަރު 2023 | ބުރާސްފަތި 10:22

އެއްބަސްވުމަށް އަމަލުކުރުން ހުކުރު ދުވަހަށް ފަސްވިޔަސް، އެކަން ބަރާބަރަށް ކުރިއަށްދާނެކަމަށް އިސްރާއީލުން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 23 ނޮވެމްބަރު 2023 | ބުރާސްފަތި 10:22
ހުކުރު ދުވަހުގެ ކުރިން އެއްވެސް މީހަކު ދޫކޮށެއްނުލާނެ

ހުކުރު ދުވަހުގެ ކުރިން އެއްވެސް މީހަކު ދޫކޮށެއްނުލާނެ

އިސްރާއީލާ ހަމާސްއާ ދެމެދު ހަދާފައިވާ، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުން އަންނަ ހުކުރު ދުވަހަށް ފަސްކުރާނެ ކަމަށް އިސްރާއީލުގެ އިސް އޮފިޝަލަކު ބުނެފިއެވެ. މި އެއްބަސްވުމަށް އަމަލުކުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފެށުމަށް ކުރިން ހަމަޖެހިފައި ވީނަމަވެސް، ހުކުރު ދުވަހަށް ފަސްކުރަން އިސްރާއީލުން ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިސްރާއީލު ސިފައިން ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށް ވަނީ ކުރިން އެއްބަސްވެފައެވެ.

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑިރެކްޓަރު ޓްޒާޗީ ހަނެގްބީ ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށާއި އެއްބަސްވުން ފައިނަލްކުރަން ތައްޔާރުވެފައި ވާކަމަށެވެ.

ހާރެޓްޒްއާ ހަވާލާދީ އިސްރާއީލުގެ އޮފިޝަލަކު ވިދާޅުވީ، އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ހަތަރު ދުވަހަށް މެދުކަނޑާލުން ވެސް ލަސްވާނެ ކަމަށާއި، އެ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަންދެން ޣައްޒާގެ ވައިގެ އަދި އެއްގަމު މަގުން ހަމަލާތައް ދެމުން ގެންދާނެކަމަށެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވިދާޅުވީ އެއް ދުވަސް ލަސްވުމުން އޭގެ މާނައަކީ އެއްބަސްވުން ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާކަން ނޫންކަމަށާއި، އެއީ ދެފަރާތުންވެސް ބަރާބަރަށް އެއްބަސްވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

އިސްރާއީލުގެ ކެބިނެޓުން ވަނީ، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަށް އަންގާރަ ދުވަހުގެ ރޭ ރުހުން ދީ އެއްބަސްވެފައެވެ. ގަތަރާއި މިސްރު އަދި އެމެރިކާގެ މެދުވެރިއެއްގެ ގޮތުގައި އޮވެ، ވެފައިވާ މިއެއްބަސްވުމުގެ ދަށުން ހަމާސްއިން އިސްރާއީލުގެ 50 މީހުން ދޫކޮށްލާނެއެވެ. އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް)އިން ވެސް ޣައްޒާއަށް ދޭ ހަމަލާތައް ހަތަރު ދުވަހަށް ހުއްޓާލާނެއެވެ. އަދި މީގެ އިތުރުން ހަމާސްއިން މިނިވަންކުރާ އިތުރު ދިހަ މީހަކަށް، އިތުރު އެއް ދުވަހަށް އޮޕަރޭޝަންތައް މެދުކަނޑާލާނެ ކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ.

ހަމާސްއިން ބުނީ ހަތަރު ދުވަހުގެ މުއްދަތަކަށް ޣައްޒާގެ ދެކުނުގެ ސަރަހައްދުގައި ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި އަދި އުތުރުން ހަމަލާތައްވެސް ކޮންމެ ދުވަހެއްގެ ވަކި ވަގުތުތަކަކަށް ލިމިޓް ކުރުމަށްވެސް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށެވެ.

އދ.ގެ ހިޔާތައް ހިމެނޭ ގޮތަށް، އިސްރާއީލު ސިފައިން އިވެކުއޭޝަން ޒޯނަށް ހަމަލާތައް ދެމުން ގެންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރިނަމަވެސް، ފަލަސްތީނުގެ އާންމުން އެމީހުންގެ އަމިއްލަ ސަލާމަތަށްޓަކައި ދެކުނުގެ ސަރަހައްދުތަކަށް ހުސްކުރުމަށް އައިޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. އިސްރާއީލުން ބުނަމުން ދަނީ ހަމަލާދެނީ ހަމައެކަނި އަސްކަރީ އަމާޒުތަކަށް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި 200އަށްވުރެ ގިނަ މީހުން ރަހީނުކުރިއިރު، އެ ހަމަލާގައި 1،200އެއްހާ މީހުން ވަނީ މަރުވެފައެވެ. އިސްރާއީލުގެ އޮފިޝަލުން ބުނާގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރޭގައި؛ އެމެރިކާ، ތައިލެންޑް، އިނގިރޭސިވިލާތް، ފްރާންސް، އާޖެންޓީނާ، ޖަރުމަނުވިލާތް، ޗިލީ، ސްޕެއިން އަދި ޕޯޗުގަލްގެ ރައްޔިތުން ހިމެނެއެވެ.

ހަމާސްގެ ބާރުގެދަށުގައި އޮންނަ ފަލަސްތީނުގެ އެންކްލޭވްގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި، އިސްރާއީލުން ވަނީ ޣައްޒާއަށް ހަފުތާތަކެއް ވަންދެން ވައިގެ ހަމަލާތަކެއް ދީ، ފަލަސްތީނުގެ 13،000ށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

ޣައްޒާއިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް