Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ އެއްއާއިލާއެއްގެ 50 މީހުން ޝަހީދުވުން

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 50ށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ

އިސްރާއީލްގެ ހަމަލާތައް އަމާޒުކޮށްފައިވާނީ ހަމާސްއާއި އެފަދަ ހަނގުރާމަވެރިންނަށް ކަމަށް ބުނާއިރު، ހަމަލާތަކުގައި ގިނައިން މަރުވަނީ އަންހެނުންނާއި ކުޑަކުދިންން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2023 | ބުދަ 15:08
އިސްރާއީލްގެ ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނުގެ ބައެއްގެ ޖަނާޒާ

އިސްރާއީލްގެ ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނުގެ ބައެއްގެ ޖަނާޒާ

ޣައްޒާގެ އުތުރުގެ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ އެއް އާއިލާއެއްގެ 50 ށް ވުރެ ގިނަ މީހުން  އިސްރާއީލުގެ އަސްކަރީ ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފި އެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ ވިދާޅުވީ ޖަބާލިއާއަށް ދިން ހަމަލާގައި ކާފައިން ފެށިގެން ދައްތަމެންނާ ހަމައަށް ކަދުއުރާ އާއިލާގެ 52 މީހަކު މުޅިން ނައްތާލެވިފައިވާ ކަމަށެވެ. އަލްމާލިކީ ވިދާޅުވީ މަރުވި އާއިލާގެ 52 މީހުންގެ ނަންތަކުގެ ލިސްޓެއް އޭނާގެ އަތުގައި އެބައޮތް ކަމަށެވެ.

މި ހަމަލާއާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އިސްރާއީލުން ބުނެފައިވަނީ ޣައްޒާއަށް ބޮން އެޅުމުގެ ކެމްޕެއިން އަމާޒުކޮށްފައިވަނީ ހަމާސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން ހުރި ހަނގުރާމަވެރިންނަށް އެކަނި ކަމަށާއި އެ ޖަމާއަތްތަކުން އާންމުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ކަމަށެވެ.

ޤަދޫރާ ޢާއިލާގެ 52 މީހުން އެއްހަމަލާއެއްގައި ޝަހީދުވެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި މިއީ މީގެ މަހެއްހާ ދުވަސް ކުރިން ހުޅަނގު އައްސޭރީގައި އިސްރާއީލުން ދިން ހަމަލާތަކުގައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށްދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

މިފަދަ ހަމަލާތަކާއި، އަދި ސިއްހީ އިދާރާތަކަށާއި، ސްކޫލްތަކަށް އިސްރާއީލުގެ ހަމަލާތައް އަމާޒުވަމުންދާތީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ހަނގުރާމައެއް ނޫންކަމަށާއި، އެއީ ސީދާ ނަސްލު ނައްތާލުމުގެ ޤަތުލް ޢާއްމެއް ކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކަށް މަހަކަށް ވުރެ ގިނަދުވަސްވެފައިވާއިރު، އިސްރާއީލާއި، ޣައްޒާ ކޮންޓްރޯލްކުރާ ހަމާސްއާއި ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލައިފައެވެ. ހަމާސް އިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ހަމާސްގެ ރަހީނުންގެ ތެރެއިން ބަންދުކޮށްފައިވާ 50 އަންހެނުންނާއި ކުޑަކުދިން މިނިވަންކުރާނެކަން ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން އިސްރާއީލުން ވެސް ޣައްޒާގައި ހިންގާ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ހުއްޓާލުމަށާއި، އިންސާނީ، ސިއްހީ އަދި ތެލުގެ އެހީ އުފުލާ އެތައް ސަތޭކަ ޓްރަކްތަކެއް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމަށް ބުނެފައިވެއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ހަނގުރާމަައިގައި ފުރަތަމަ ފަހަރަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، މިހާތަނަށް މި ހަނގުރާމައިގައި ޣައްޒާއިން 14100 މީހުން ވަނީ މަރުވެފައެވެ. އަދި 2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާއިން 1.7 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

ޣައްޒާފަލަސްތީނުއިޒްރޭލްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު