Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމްގެ އެތެރޭގެ މައްސަލަ

ޕީޕީއެމްގެ މައްސަލަ ހޫނުވެ، ސްޕޯކްސްޕަރސަންގެ މަގާމަށްޓަކައި ކޯޅެނީ

ހޮނިހިރު ދުވަހުން ފެށިގެން ޕީޕީއެމްގެ ސްޕޯކްސްމަންގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އައްބާސް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2023 | ބުދަ 12:42
ހީނާ ވަލީދާއި އައްބާސް އާދިލް ރިޒާ

ހީނާ ވަލީދާއި އައްބާސް އާދިލް ރިޒާ

ޕީޕީއެމްގެ މައްސަލަ ހޫނުވެ، ސްޕޯކްސްޕަރސަންގެ މަގާމަށްޓަކައި ކޯޅެން ފަށައިފިއެވެ.

ޕީޕީއެމްގެ މައްސަލަ ހޫނުވެފައިވަނީ، ޕީޕީއެމް އޮފީހުގައި، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، އައްބާސް އާދިލް ރިޒާއާއި، މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) އާއި، އަދިވެސް ބައެއް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވުމާ ގުޅިގެންނެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް، ޕާޓީ ހިންގުމާމެދު އުޒުރުވެރިވާކަމަށް ޔާމީނަށް ދެންނެވިކަމަށާއި، ހީނާވެސް މަގާމުން އިސްތިއުފާ ދީފައިވާކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ހީނާއާއި ތޮލާލްވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މި މައްސަލަތައް ފެންމަތިވެފައިވާއިރު، ބުދަ ދުވަހު ޕީޕީއެމްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ވަނީ ސްކްރީން ޝޮޓެއް ހިއްސާކޮށްފައެވެ. އައްބާސް އާދިލް ރިޒާ، ހީނާ ވަލީދަށް ފޮނުވިކަމަށް ބުނާ މެސެޖުގައި ވަނީ، ހީނާގެ ބަލި ހާލަތު މިވަގުތު ހުރިގޮތުން އެ މަގާމުން އޭނާ ދުރުކުރެއްވުމުގެ މަޝްވަރާތައް ރައީސް ޔާމީން، އައްބާސްއާއެކު ކުރެއްވިކަަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ޕީޕީއެމްގެ ސްޕޯކްސްމަންގެ މަގާމާ ހަވާލުވާނެ ކަމަށެވެ. ހީނާ ވަނީ އައްބާސްއަށް ޝުކުރު އަދާކުރައްވައި ހެޔޮ ދުއާ ފޮނުވާފައެވެ.

ޕީޕީއެމްގެ މީޑިއާ ގްރޫޕަށް ނޫސްވެރިޔަކު އެ ސްކްރީން ޝޮޓް ހިއްސާކުރައްވަމުން، އެކަަމާމެދު ވިދާޅުވާނީ ކީކޭތޯ ހީނާއަށް ވަނީ ސުވާލު ކޮށްފައެވެ. އެ މެސެޖަށް އެއްޗެއް ބުނަންޖެހޭނެތޯއާއި އެ މެސެޖް ފޮނުވާފައިވަނީ ޕާޓީގެ ކޮން ހައިސިއްޔަތެއް އޮތް ބޭފުޅެއްތޯ ހީނާ ވަނީ ސުވާލު އުފައްދާފައެވެ. އެ ނޫސްވެރިޔާ ވަނީ އެ ސުވާލު އައްބާސް މެސެޖްކުރިއިރު ކުރިނަމަ ރަނގަޅުވީސް ކަމަށް ބުނެފައެވެ.

އެއަށްފަހު މި މެސެޖްތަަކަށް އެޕާޓީގެ މުހައްމަދު ތޮލާލް ވަނީ، ހައިސިއްޔަތެއް ނެތް މީހަކު ފޮނުވާ މެސެޖަށް ޖަވާބު ދޭން ނުވަތަ އިތުރު ސުވާލެއް ކުރަން ޖެހޭތޯ ސުވާލު އުފައްދާފައެވެ. މި މެސެޖްތަކާ ގުޅިގެން އިތުރު ނޫސްވެރިޔަކު ވަނީ، ހައިސިއްޔަތު އޮތް ބޭފުޅުންނަށް ޕީޕީއެމް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ހިނގާ ކަންކަން ސާފުކޮށްދިނުމަށް ކެރިވަޑައިގަންނަވާނެތޯ ތޮލާލާ ސުވާލު ކޮށްފައެވެ. އެެހެންނަމަވެސް އެ ސުވާލަަކަށް ތޮލާލް އަދި ހީނާވެސް ޖަވާބެއް ނުދެއެވެ.

ކުރީގެ ރައީސް ޔާމީނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދެބޭފުޅުން އުޅުއްވަނީ "ރުޅި" ހައްދަވައިގެން ކަަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ރައީސް ޔާމީން އެކުލަވައިލެއްވި ސްޓިއަރިންގ ކޮމެޓީގައި ހިމެނޭ މެމްބަރުން ވަނީ ވަކި މީޑިއާ ގްރޫޕެއްވެސް މިހާރު ހަދާފައެވެ.

އަދި އެ ކޮމެޓީގައި ހިމެނިވަަޑައިގަންނަވާ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓަރު މުހައްމަދު މަލީހު ޖަމާލް، ޕާޓީ ބައިބައިކުރައްވަން އުޅުއްވާ ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ރައީސް ޔާމީންގެ ސީދާ ލަފާފުޅުގެ މަތިން ކުރައްވަމުންދާ ކަމެއް ކަމަށާއި، ދެކޮޅު ނުބައްލަވައި އަދި ޕްރެސް ކޮންފަރެންސްވެސް ނުބައްލަވައި ޕީޕީއެމްގެ ދެ ޑެޕިއުޓީ ލީޑަރަކަށް ނުކުރެވޭނެ ކަމެއް ކުރައްވާފައިވާ ކަމަށް މަލީހު ވަނީ ސަން އޮންލައިނަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ދިފާއުގައި ކުރައްވާ މަސައްކަތްޕުޅުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އަދިވެސް ދެމިއެބައޮތެވެ.

ޕީޕީއެމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު