Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަނުގެ މައްސަލަތައް

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މުއިއްޒުގެ އެކައުންޓަށް މިނިސްޓަރުކަމުގެ ފަހު 30 މަސް ދުވަހުގެ ތެރޭގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 12:33
ރައީސް ޑރ މުހައްމަދު މުއިއްޒު: އެމަނިކުފާނުގެ މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ވަނީ ހާމަވެފަ

ރައީސް ޑރ މުހައްމަދު މުއިއްޒު: އެމަނިކުފާނުގެ މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ވަނީ ހާމަވެފަ

ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރެއްވި ފަހު 30 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ އެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމަށްފަހު އުފެދުނު ސަރުކާރާއި، 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރުގައި މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ވަޒީރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބެނީ 66,000 ރުފިޔާއެވެ. މި ފައިސާ މުއިއްޒުގެ އެކައުންޓަށް ޖަމާކުރީ ފިނޭންސް މިނިސްޓްރީންނެވެ. އަދި ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް ނަގުދު ފައިސާއިން މުސާރަ ދީފައެއް ނުވެއެވެ.

އެހެން ނަމަވެސް، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށް ވާ އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ޑޮލަރާއި ދިވެހި ރުފިޔާ ހިމެނޭ ގޮތަށް ފަސް މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ޖަމާކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި މުއިއްޒުގެ ރުފިޔާ އަދި ޑޮލަރު އެކައުންޓުތަކަށް 85 ފަހަރު ނަގުދު ފައިސާ ޖަމާކޮށްފައިވެއެވެ. މިއީ 5,254,252 ރުފިޔާއާއި 15,600 ޑޮލަރެވެ. ބޭންކު ރޭޓުން ޑޮލަރު މާރުކޮށްފިނަމަ ޖުމްލަ ފައިސާގެ އަދަދު 5,494,804 ރުފިޔާއަށް އަރައެވެ.

މިދިޔަ އަހަރު ކުރީކޮޅު އާންމުވި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓެއްގައި ވެސް މި ފައިސާތަކުގެ ވާހަކަ ފާހަގަކޮށްފައިވެއެވެ. އޭރު ހާމަވެފައިވަނީ 2015 އިން ފެށިގެން މުއިއްޒުގެ އެކައުންޓަށް ޖަމާވި ފައިސާގެ އަދަދުތަކާއި ބޭންކުތަކަށް އޮޅުވާލަން އެމަނިކުފާނު ކުރެއްވި ބައެއް ކަންކަމެވެ.

ނަގުދު ފައިސާގެ އިތުރުން، މުއިއްޒުގެ މިނިސްޓަރުކަމުގައި ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ހަވާލުކުރެވުނު ބޭރުގެ ކުންފުނިތަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައިވެއެވެ.

މީގެ ތެރޭގައި ވިންރަން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ތިން ފަހަރެއްގެ މަތިން ޖަމާކުރި 24,348.77 ޑޮލަރާއި، ސިނަމާލެ ބްރިޖާއި ގުޅިގެން ހައިވޭ ތަރައްގީކުރި ހުނާން ކޮންސްޓްރަކްޝަނުން ހަތަރު ފަހަރެއްގެ މަތިން ޖަމާކުރި 70,499 ޑޮލަރު ހިމެނެއެވެ.

މުއިއްޒުގެ އެކައުންޓަށް ޑޮލަރު ވަނުމުގެ ކުރިން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ގައި ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީން ވަނީ ހުނާން ކޮންސްޓްރަކްޝަނަށް 105,950 ޑޮލަރު (1,633,749 ރުފިޔާ) ޖަމާކޮށްފަ އެވެ. މިއީ މުއިއްޒުގެ މިނިސްޓަރު ކަމުގައި އެ ކުންފުންޏަށް ދިން މަޝްރޫއެއްގެ ފައިސާ އެވެ.

މި މުޢާމަލާތްތަކާ ގުޅޭގޮތުން އަދަދު ނޫޙުން ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަ ރޯހައުސްއެއް އެ ކުންފުނިތަކަށް ކުއްޔަށް ދިނުމުން ދައްކާފައިވާ ފައިސާ ކަމަށެވެ. ނަމަވެސް އެއް މުއްދަތެއްގައި ތިން ކުންފުންޏަކަށް އެއް ތަނެއް ކުއްޔަށް ދެވުނު ގޮތް މިހާތަނަށް ސާފުކޮށްދެއްވާފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފް އިން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް ގޮވާލާފައެވެ. ނަމަވެސް މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް އެއވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މުޙައްމަދު މުއިއްޒުހައުސިންގް މިނިސްޓްރީޕީޕީއެމްބޭންކް އޮފް މޯލްޑިވްސްމިއޮޓް އިންޓަރނޭޝަނަލްހުނާން ކޮންސްޓްރަކްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު