Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިބްރާހިމް ޝުޖާއު

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

ޕާޓީ ވެރިކަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ޕާޓީގެ މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. ސުވާލަކީ ރައީސް މުއިއްޒު އާއި ވެރިިކަން ހަވާލުކުރީ ހަމައެކަނި ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ޖުލައި 2025 | ހުކުރު 14:03
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވަނީ މަޖިލިސް މެންބަރުންނަށް ލިބޭ 82،500 ރުފިޔާ ކުޑަކަމަށްބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވަނީ މަޖިލިސް މެންބަރުންނަށް ލިބޭ 82،500 ރުފިޔާ ކުޑަކަމަށްބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު

ޕީއެންސީ އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަށް ތާއީދުކުރައްވާ ބޭފުޅުން އެންމެ ބާރަށް ދައްކަވާ ވާހަކަ އަކީ އަދި އެންމެ ފަޚުރުވެރިވާ ވާހަކަ އަކީ "ބާރަށު ދާއިރާގެ މައިކު"ގެ ވާހަކައެވެ. އެ މައިކުގެ އަޑު ހަރު ވާހަކަ އާއި ބާރު ގަދަ ވާހަކައެވެ.

ތެދެކެވެ. އެ މައިކުން ލައްކަ އަޑު ހަރުކޮށް ލައްކަ ބައިވަރު ވާހަކަ ގޮވާ އަޑު އަޅުގަނޑުމެން އަހަމުއެވެ. އެންމެ ފަހުން އިވުނު އަޑަކީ ޕާޓީ ވެރިކަމެއް ކުރައްވަން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައެވެ. މީހަކު ސަހަނރޯ ހީނުވާ ވަރު ހެއްޔެވެ؟ ސަމާލުކަން ހޯދަން ވެސް އަޑު ގަދަ ވާހަކަ އެއް ދައްކަވަން ވިޔަސް ތިޔަ ދެއްކެވުނީ ވަރަށް ދެރަވަރު ވާހަކައެކެވެ.

ތިމާމެންގެ ހުރި ތަފާތު ކުރުމާއި އަމިއްލަ ޖާހާއި، ޖާހަތު އިސް ކުރުމުގެ ވާހަކަ އަމިއްލަ އަށް ވިދާޅުވެވުނީތާއެވެ. ފާޅުކަން ބޮޑުކޮށް ޕާޓީ މީހުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވާން ކުޑަ ވެސް ޖެހިލުމެއް ނުވިއެވެ. "އެއްޕާޓީ (ޕީޕީއެމް) އުވާލާ ކުރިން ރާވާފައި އޮތްގޮތަށް އެއް ޕާޓީއަކަށް ޕާޓީ ބަދަލުކޮށް ޕާޓީގެ އެތެރޭގެ ހުރިހާ ގުނަންތަކެއް ރަނގަޅަށް ގިރިސްޖަހާ އިސްކުރުތައް ބާރުކޮށް މި ފަށަނީ ޕާޓީގެ ވެރިކަމެއް" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަތޮޅު ތެރެއަށް ކުރާ ދަތުރުގެ އެއް ބޭނުމަކީ ވެސް ޕާޓީގެ މެންބަރުން ހިތްހަމަޖައްސައިދިނުން ކަމަށް ވިދާޅުވީ ހަމަ މި މަނިކުފާނެވެ. ނުވިތާކަށް ޕާޓީގެ މެންބަރަކަށް ވަޒީފާއެއް ނުލިބިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ ކަމަށް ވެސް ވިދާޅުވީ ލައިވް ޓީވީގައެވެ.

އަޖައިބު އަންތަރީސް ނުވޭތޯއެވެ؟ ވަޒީފާ ދެނީ މަމެން ޕާޓީ ވީމަ މަމެން ރުހޭ މީހާއަށްތޯއެވެ. ވެރިކަމަށް ހޮވިވަޑައިގެން ރައީސް މުއިއްޒު އެ ހުންނެވީ ހަމައެކަނި ތިޔަ ވިލު ނޫކުލައިގެ ތޮފި އަޅައިގެން ތިބި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އެކަނި ކަމަށް މަނިކުފާނަށް ހީފުޅުވަނީތޯއެވެ.

ޕާޓީ ވެރިކަމެއް ކުރައްވަން ރައީސް މުއިއްޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށް ތިހެން ވިދާޅުވަން ތިޔަ ކެރިވަޑައިގަތީ އާއްމުންނާއި މެދު ހުރި ވިސްނުން ކުޑަ ކަމުން ނޫން ދެން ކޮންކަމަކާއި ހުރެތޯއެވެ؟ ތިމާމެން ބޭނުމީ އާއްމުންގެ މަސްލަހަތުގެ މައްޗަށް ޕާޓީގެ މަސްލަހަތާއި ތިމާމެންގެ ކުރިއެރުން ކަމަށް އަމިއްލަ ދޫފުޅުން ވިދާޅުވެފައި ދެން އާއްމު ރައްޔިތުންނޭ ކިޔަން ހެޔޮ ވާނެތޯއެވެ؟

ބޭނުންވަނީ ވަޒީފާ ހޯދަން ޕާޓީގެ ފެންޑާއަށް ސަލާން ޖަހަން ދާނެ މަގެއް ކޮށަން ނަމަ އެކަން ވަރަށް ރަނގަޅަށް އެބަ ކުރައްވަމުއެވެ. އެކަމަކު ރައްޔިތުންނަށްޓަކާ ވެރިކަމެއް ކުރުމުގެ ބަދަލުގައި ތަފާތު ކުރުންތައް ނައްތާލުމުގެ ބަދަލުގައި ފާޅުގައި ތިޔަ ވިދާޅުވަނީ ތިމަންނާމެންގެ ޕާޓީ އިސްކުރާނެ ވާހަކައެވެ. ޕާޓީ މީހުންނަށް ރަނގަޅު ގޮތް ހޯދާދޭނެ ވާހަކައެވެ. މާދަމާ ވޯޓު ހޯދަންވީމަ ވެސް ޓަކި ޖަހާނީ ހަމަ އެކަނި ޕާޓީ މީހާގެ ދޮރުގައިތޯއެވެ؟ އޭރުން ޕާޓީގެ ވެރިކަމެއް ކުރާނެ ކަމަށް ބުނެ ފަރުޖައްސާލަން ކެރިވަޑައިގަންނަވާނެތޯއެވެ؟

އިބްރާހިމް ޝުޖާއުމުހައްމަދު މުއިއްޒުބާރަށު ދާއިރާޕީޕީއެމްޕާޓީ ވެރިކަންވަޒީފާ މަސައްކަތްތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"

"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު