Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުމުގެ މައުލޫމާތު ހިއްސާކުރުން

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް، ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް 20 ޓްރޭނަރުން ހޯދަނީ

27 އޮކްޓޯބަރު 2023 | ހުކުރު 02:52

އޮންލައިންކޮށް ޓްރޭނަރުންގެ އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2023 | ހުކުރު 02:52
ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން

ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރުމަށް މީހުން ތަމްރީންކޮށްދޭނެ 20 ޓްރޭނަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ 2022 ވަނަ އަހަރު ކުރިއަށް ގެންދެވުނު ބޯހިމެނުމުގެ މައުލޫމާތު އާއްމުކުރެވިފައިވާ ކަމަށާއި، ބޯހިމެނުމުގެ ނަތީޖާއަށް ބިނާކޮށް އަތޮޅު ޕްރޮފައިލް ތައްޔާރު ކުރަމުންދާ ކަމަށެވެ. މި މައުލޫމާތު އަތޮޅުތަކާއި ހިއްސާކޮށް ރަށު ފެންވަރުގައި ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރަން ދަސްކޮށް ދިނުމަށް އަތޮޅުތަކުގައި ތަމްރީން ކުރިއަށް ގެންގޮސް ދޭނެ 20 ޓްރެއިނަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ މިމަސައްކަތަށް ކުރިމަތިލައިގެން ހޮވޭ ފަރާތްތަކަށް 3 ދުވަހުގެ ތަމްރީން ޕްރޮގްރާމްއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ތަމްރީން ފުރިހަމަކުރުމަށްފަހު އަތޮޅުތަކުގައި 2 ދުވަހުގެ ތަމްރީން ޕްރޮގްރާމްއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނު ދުވަސްވަރު އަދި މަސައްކަތުގައި ހޭދަވާ ދުވަސްތަކަށް އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. މިއެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށް، މަސައްކަތް ފުރިހަމަކޮށް ނިމުމުން ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެއެވެ.

އެހެންކަމުން 2022ގެ ސެންސަސް ޑިސެމިނޭޝަންގައި ޓްރޭނަރެއްގެ ގޮތުން ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތައް 02 ނޮވެމްބަރ 2023ގެ 14:00ގެ ކުރިން ބިއުރޯގެ ވެބްސައިޓްhttps://statisticsmaldives.gov.mv/applicationform/census2022dissemination/form.php އިން އޮންލައިންކޮށް ޓްރޭނަރުންގެ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.  

މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ބިއުރޯގެ ވެބްސައިޓް އަދި މި މިބިއުރޯގެ ފޯނު ނަންބަރު 3008400 / 3008408 އަށް ގުޅުމަށް ވެސް އެދިފައިވެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
15 ޑިސެމްބަރު 2024

ލޭބަރ ފޯސް ސާރވޭގެ ފީލްޑް ވާރކް މިމަހުގެ 15ން 21ށް ކުރިއަށްދާނެ، އެއްބާރުލުން ބޭނުންވޭ: ބިއުރޯ

15 ޑިސެމްބަރު 2024
ލޭބަރ ފޯސް ސާރވޭގެ ފީލްޑް ވާރކް މިމަހުގެ 15ން 21ށް ކުރިއަށްދާނެ، އެއްބާރުލުން ބޭނުންވޭ: ބިއުރޯ
22 ނޮވެމްބަރު 2023

ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5443 މީހުން!

22 ނޮވެމްބަރު 2023
ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5443 މީހުން!
03 ނޮވެމްބަރު 2022

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި

03 ނޮވެމްބަރު 2022
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި
13 އޯގަސްޓު 2022

ރާއްޖޭގެ ޒުވާނުންގެ އާބާދީ އަކީ 45 އިންސައްތަ

13 އޯގަސްޓު 2022
ރާއްޖޭގެ ޒުވާނުންގެ އާބާދީ އަކީ 45 އިންސައްތަ
01 ސެޕްޓެމްބަރު 2021

ތަފާސްހިސާބާ ގުޅުން ހުރި ދާއިރާއިން މަތީ ތައުލީމު ހާސިލު ނުކުރަނީ މުސާރަ ކުޑަވީމަ- ޗީފް ސްޓެޓިސްޓީޝަން

01 ސެޕްޓެމްބަރު 2021
ތަފާސްހިސާބާ ގުޅުން ހުރި ދާއިރާއިން މަތީ ތައުލީމު ހާސިލު ނުކުރަނީ މުސާރަ ކުޑަވީމަ- ޗީފް ސްޓެޓިސްޓީޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް