Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު-އިސްރާއީލު ހަނގުރާމަ

ޣައްޒާއަށް ހަމަލާދިނުން ވަގުތީގޮތުން ހުއްޓާލުމަށް ޔަހޫދީން އެއްބަސްވެއްޖެ

22 ނޮވެމްބަރު 2023 | ބުދަ 04:00

50 ރަހީނުން ދޫކޮށްލުމަށް ވަނީ އެއްބަސްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ނޮވެމްބަރު 2023 | ބުދަ 04:00
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ގެތައް ބިމާހަމަވެފައި

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ގެތައް ބިމާހަމަވެފައި

ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދިނުން ވަގުތީގޮތުން ހުއްޓާލުމަށް ޔަހޫދީން އެއްބަސްވެއްޖެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގާތްގަނޑަކަށް 50 މީހުން މިނިވަން ކުރެވޭނެ ގޮތަށް، ވަގުތީގޮތުން ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ކެބިނެޓުން އެއްބަސްވެފައިވާ ކަމަށެވެ.

ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައީ ގަތަރު މެދުވެރިއެއްގެ ރޯލް އަދާކޮށް ހެދި އެއްބަސްވުމެއްގެ މަޝްވަރާތަކަށް ފަހު ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ވަޒީރުންގެ މެދުގައި ހޫނު ބަހުސްއެއް މި މައްސަލައިގައި ހިނގާފައިވާ ކަމަށެވެ.

ކެބިނެޓްގެ 38 މެންބަރުންގެ ތެރެއިން ހަނގުރާމަ ހުއްޓާލުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުން ކަމަށްވާ ގައުމީ ސަލާމަތީ މިނިސްޓަރު އިޓަމާ ބެން ގްވީރާއި އޭނާގެ އެންމެ ކަނާތު ސިޔާސީ ޕާޓީގެ އިތުރު ދެ މެންބަރުންނެވެ.

ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ މި އެއްބަސްވުމުގެ ދަށުން ހަމާސްއިން ހަތަރު ދުވަހަށް "ހަމަލާ ބަދަލުކުރުން ހުއްޓާލާ" މި މުއްދަތުގެ ތެރޭގައި މަދުވެގެން 50 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އިތުރު 10 ރަހީނުން ދޫކޮށްލާނަމަ ކޮންމެ 10 ރަހީނަކަށް ހަަމަލާ ދިނުން އިތުރު އެއް ދުވަހަށް މަޑުކޮށްލާނެ ކަމަށް ބުނެފައި ވާއިރު، އޭގެ ބަދަލުގައި ފަލަސްތީނުގެ ގައިދީން ދޫކޮށްލުމުގެ ވާހަކަ ދައްކާފައި ނުވެއެވެ.

ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް އިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ހަމާސްގެ ރަހީނުންގެ ތެރެއިން ބަންދުކޮށްފައިވާ 50 އަންހެނުންނާއި ކުޑަކުދިން މިނިވަންކުރާނެކަން ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން އިސްރާއީލުން ވެސް ޣައްޒާގައި ހިންގާ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ހުއްޓާލުމަށާއި، އިންސާނީ، ސިއްހީ އަދި ތެލުގެ އެހީ އުފުލާ އެތައް ސަތޭކަ ޓްރަކްތަކެއް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމަށް ބުނެފައިވެއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ހަނގުރާމަައިގައި ފުރަތަމަ ފަހަރަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވއިރު، މިހާތަނަށް މި ހަނގުރާމައިގައި ޣައްޒާއިން 14100 މީހުން ވަނީ މަރުވެފައެވެ. އަދި 2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާއިން 1.7 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

ފަލަސްތީނުޣައްޒާއިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް