Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

ޣައްޒާގެ މުސްލިމް އަންހެނުންގެ އީމާންތެރިކަން ފެނި އިސްލާމްދީނަށް ޖެހުނު ލޯތްބާއެކު މުސްލިމަކަށް!

21 ނޮވެމްބަރު 2023 | އަންގާރަ 00:21

މޭގަން އިސްލާމް ދީން ގަބޫލުކުރީ 11 ނޮވެމްބަރު 2023 ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ނޮވެމްބަރު 2023 | އަންގާރަ 00:21
ޣައްޒާގެ މުސްލިމުންގެ އީމާންތެރިކަން ފެނި އިސްލާމް ދީން ގަބޫލު ކުރި މޭގަން ރައިސް

ޣައްޒާގެ މުސްލިމުންގެ އީމާންތެރިކަން ފެނި އިސްލާމް ދީން ގަބޫލު ކުރި މޭގަން ރައިސް

އެމެރިކާގެ ޓިކްޓޮކް އިންފްލުއެންސަރެއް ކަމަށްވާ މޭގަން ރައިސް އަކީ އުމުރުން 17 އަހަރުން ފެށިގެން އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެކެވެ. އެމެރިކާ އާއި ބައިނަލްއަގުވާމީ މަޝްރަހުގައި ހިނގާ ކަންކަން ދިރާސާކޮށް، އެކަންކަމުގައި އޭނާ ދެކޭގޮތް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ހިއްސާކޮށް އެއްވުންތަކުގައި އަޑުއުފުލައެވެ. އުމުރުން މިހާރު 34 އަހަރުވެފައިވާއިރު މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކާއެކު މޭގަން ގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފައެވެ. ރަނގަޅުގޮތުގައެވެ.

މި ހަމަލާތައް ފެށިއިރުން ފެށިގެން ވެސް މޭގަން ވަކާލާތު ކުރަމުން އައީ ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށެވެ. ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ އެއްވުންތަކުގައި ބައިވެރިވެ، އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފެށިއެވެ. މި ވާހަތައް ދުނިޔޭގެ އެންމެނަށް ފޯރުކޮށްދިނުމަށް މޭގަން، ޣައްޒާގެ ހާލަތު ފެންނަ ވީޑިއޯތައް ބަލައެވެ. މި ވީޑިއޯތަކުން އޭނާއަށް ހައިރާންކަން ލިބިގެންދިޔައީ ޣައްޒާގެ މުސްލިމް އަންހެނުންގެ އީމާންތެރިކަން ފެނިފައެވެ. އަމިއްލަ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު އަތްމައްޗަށް ލައިގެންތިބެވެސް ﷲ އަށް ހަމްދުކުރާ މައިން ފެނި އޭނާ އިސްލާމް ދީން އުނގެނުމަށް ޝައުގުވެރިކަން އުފެދުނެވެ.

މޭގަން އަކީ ނަސާރާއެއްގެ ގޮތުގައި ބޮޑުވި މީހެކެވެ. އޭނާ ބުނާ ގޮތުގައި ހުޅަނގުގެ އެތައް ބައެކޭ އެއްގޮތަށް އޭނާއަށް ވެސް ކުޑައިރުން ފެށިގެން ވިސްނުވައި ދީފައި އޮންނަނީ މުސްލިމުންނަކީ ނުރައްކާތެރި ބައެއް ކަމަށެވެ. ނަމަވެސް އަމިއްލަ ދީނުގައްޔާއި ދީނީ ފޮތްތަކުގައި ހުންނަ ވާހަކަތަކުގެ ތެރެއިން އޭނާއަށް ކުޑައިރުން ފެށިގެން ގަބޫލުނުކުރެވޭ އެތައް ވާހަކައެއް ހުރިކަން އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނި ގޮތުގައި ޣައްޒާގެ މުސްލިމުން ފެނި އިސްލާމް ދީން އުނގެނެން އޭނާ ޝައުގުވެރިވީ އެފަދަ ހާލަތުގައި ވެސް ﷲ ދެކެ ލޯބިވާން ޖެހޭ ސަބަބު ހޯދުމަށެވެ. އެހެން ދީންތަކުގެ މީހުން އެފަދަ ހާލަތްތަކުގައި ކަލާންގެއެއް ނެތްކަމަށް ބުނެ ދީނާވެސް ދުރުވާކަމަށާއި އިސްލާމް ދީން ތަފާތު ވަނީ ކީއްވެކަން ހޯދަން ބޭނުންވި ކަމަށް އޭނާ ބުންޏެވެ.

ޣައްޒާގެ މުސްލިމް އަންހެނުންގެ އީމާންތެރިކަން ފެނި އިސްލާމް ދީނުގެ ހަގީގަތް ދެނެގަތުމަށް މޭގަން އެންމެ ފުރަތަމަ ފެށީ ޤުރުއާން ކިޔަވާށެވެ. ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ އޭނާ ކިޔަވަން ފެށީ ޓިކްޓޮކްލައިވް ގައެވެ. އަދި ޤުރުއާނަށް އާއްމުން ހޭލުންތެރިކުރުވުމަށް އެހެން ދީނުތަކުގެ މީހުންނަށް ހާއްސަކޮށްގެން "ވޯލްޑް ރިލިޖަން ބުކް ކްލަބް" ގެ ނަމުގައި ކްލަބެއް ވެސް އޭނާ ފެށިއެވެ. އެ ބުކް ކްލަބްގައި މިއަދު 5000 އަށްވުރެ ގިނަ މީހުން އަންނަނީ ޤުރުއާނުގެ އިލްމު އުނގެނެމުންނެވެ.

މޭގަން ޤުރުއާން ކިޔަވަން ފެށީ މުސްލިމަކަށް ވުމުގެ ނިޔަތެއްވެސް އޮވެގެނެއް ނޫނެވެ. އޭނާ ޤުރުއާނުގައި ވާކަންކަން ބަލާ ނަޒަރިއްޔާތު ތަފާތުކަމުން އެތައް މުސްލިމުންނާއި އެހެން ދީނުގެ މީހުން ވެސް އޭނާގެ ވީޑިއޯތައް ބަލަން ޝައުގުވެރިވިއެވެ. އޭނާއަށް ކުޑައިރު ނަޞާރާ ދީނުގެ ފޮތްތަކުން ނުލިބުނު އެތައް ޖަވާބެއް ޤުރުއާނުން ލިބެން ފެށިއެވެ. ކީރިތި ޤުރުއާނުގައިވާ ޢިލްމީ މުޢުޖިޒާތްތައް ފެނި އޭނާއަށް ހައިރާންކަން ލިބުނެވެ. މިއާއެކު އިތުރު ސުވާލުތައް ވެސް އޭނާގެ ހިތުގައި އުފެދި އިސްލާމްދީން އިތުރަށް އުނގެނެން ބޭނުންވިއެވެ.

ޤުރުއާނުގެ ތަރުޖަމާ ކިޔަވައި އެ އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމަށް ޓިކްޓޮކްގައި ވީޑިއޯތައް ހަދާ ޢިލްމީ ބޭފުޅަކާ އޭނާ ސުވާލުކުރަން ފެށިއެވެ. އެ ސުވާލުތަކަށް އޭނާއަށް ލިބޭ ޖަވާބުތަކަކީ ބުއްދި ގަބޫލުކުރާ ޖަވާބުތަކެއް ކަމަށް މޭގަން ބުނެއެވެ. އަދި އިސްލާމް ދީނަކީ ކުޑައިރުން ފެށިގެން އޭނާއަށް މީޑިއާތަކުންނާއި އޭނާގެ މުޖުތަމައުން ދެއްކި ދީން ނޫން ކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

އިސްލާމް ދީނަކީ ހަގީގީ ދީންކަން އެނގުމާއެކު މޭގަން އިސްލާމް ދީން ޤަބޫލުކުރިއެވެ. ހެދުން އަޅާ ގޮތް ވެސް ބަދަލުކުރިއެވެ. އޭނާ ބުނާ ގޮތުގައި މިއީ އޭނާގެ ހަޔާތައް އެންމެ އުފާވެރިކަން ލިބުނު އެއް ދުވަހެވެ.

އިސްލާމް ދީނާ މެދު އެހެން ދީންތަކުގެ މީހުންގެ އޮތް ނުރަނގަޅު ވިސްނުން ބަދަލުކޮށް އެ ދީން އުނގެނުމަށް މޭގަން ފެށި މަސައްކަތުން ޓިކްޓޮކްގެ އެހެން ބައެއް ކޮންޓެންޓް ކްރިއޭޓަރުންތަކެއް ވެސް ވަނީ އިސްލާމް ދީން ޤަބޫލުކޮށްފައެވެ. އެއްވެސް ދީނެއް ޤަބޫލުނުކުރާ ފަރާތްތައް ވެސް ޤުރުއާނުގެ ތަރުޖަމާ ކިޔައި އެ ޢިލްމު އުނގެނެން ވަނީ ފަށައިފައެވެ.

މޭގަން އަކީ މިއަދު އެމެރިކާގެ އިތުުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ވެސް އަދި އިސްލާމް ދީން އުނގެނެން މަސައްކަތް ކުރާ މީހުންނަށް ވެސް ނަމޫނާއެކެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
22 ނޮވެމްބަރު 2025

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި
20 ނޮވެމްބަރު 2025

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް