Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭ ޕާކް މައްސަލަ

މަންޑޭ ދިރިއުޅޭ އެޕާޓުމަންޓު ބަލައި ފާސްކޮށް، ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

19 ނޮވެމްބަރު 2023 | އާދީއްތަ 12:17

މަންޑޭ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވަނީ ނޮވެންބަރު 18 ވަނަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 19 ނޮވެމްބަރު 2023 | އާދީއްތަ 12:17
ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހް

ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހް

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ އެޕާޓުމަންޓު، ބަލައި ފާސްކޮށް އެގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ ކޭ ޕާކް މައްސަލާގައި ތުހުމަތުކުރެވޭ މަންޑޭ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ނޮވެންބަރު 18 ވަނަ ދުވަހު ބަލައި ފާސްކޮށްފައި ވާކަމަށެވެ. އަދި މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވާކަމަށެވެ.

Advertisement - newsAdvertisement

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެން ތަހުގީގު ކުރަމުންނެވެ. އަދި މިމައްސަލާގައި މަންޑޭއަށް ދައުވާކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުން ދާކަމަށްވެސް 22 އޮކްޓޯބަރު 2023 ވީ އާދިއްތަ ދުވަހު ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ކަމަށްވާ މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގު ކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅިގެން މަންޑޭގެ ޕާސްޕޯޓު ހިފަހައްޓައި، ހައްޔަރުކޮށްފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން، 05 ޖުލައި 2023 ވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، 20 ޖުލައި 2023 ވީ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދަށް 10 ދުވަސް ޖެހިއެވެ. އަދި އޭގެ ފަހުން އޭނާ ދޫކޮށްލީ 30 ޖުލައި 2023 ވީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.

އޭގެފަހުން 02 އޯގަސްޓު 2023 ވީ ބުދަ ދުވަހު މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށްވެސް މަންޑޭ ތުހުމަތުކޮށްފައި ވެއެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ހަންބޯ ޓެކް ކޮރެއާއާ އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 09 އޮކްޓޫބަރު 2016ގައެވެ. އެ އެއްބަސްވުމަށްފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމަށާއި މާކެޓްކުރުމަށް ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ހަމަޖެއްސިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް