Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އިއްތިހާދު

ސައުދީ ލީގަކީ ޝައުޤުވެރި ލީގެއް: ގަލާޑޯ

ގަލާޑޯ ބުނީ، އަލް އިއްތިހާދުގެ ހުށަހެޅުން އޭނާ ޤަބޫލު ކުރުމުގައި އަމިއްލަ ސަބަބުތަކެއް ވެސް ހުރި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ނޮވެމްބަރު 2023 | އާދީއްތަ 05:42
އަލް އިއްތިހާދުގެ ކޯޗަކަށް ހަމަޖެއްސި ގަލާޑޯ

އަލް އިއްތިހާދުގެ ކޯޗަކަށް ހަމަޖެއްސި ގަލާޑޯ

ސައުދީ ޕްރޯ ލީގަކީ މަޝްހޫރުކަން ހޯދަމުން އަންނަ، ޝައުޤުވެރި ލީގެއް ކަމަށް އަލް އިއްތިހާދުގެ ކޯޗަކަށް ހަމަޖެއްސި އާޖެންޓީނާގެ މާސެލޯ ގަލާޑޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އަލް އިއްތިހާދުގެ ކޯޗުކަމާ ހަވާލުވުމަށްފަހު މީޑިއާއަކާ ވާހަކަ ދައްކަމުންނެވެ. ގަލާޑޯ ބުނީ، އަލް އިއްތިހާދުގެ ހުށަހެޅުން އޭނާ ޤަބޫލު ކުރުމުގައި އަމިއްލަ ސަބަބުތަކެއް ވެސް ހުރި ކަމަށެވެ. ހަމަ އެއާއެކު، އަލް އިއްތިހާދުން އޭނާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި، އެ ކުލަބުން ވަރަށް ރަނގަޅު ވިސްނުންތަކެއް ގެންގުޅެމުން އަންނަކަން ހާމަވެގެން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ސައުދީ ލީގަކީ މިވަގުތު އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ އެއް ލީގު ކަމަށާއި، ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން އެ ލީގުގައި ކުޅެމުން އަންނަކަން އޭނާ ފާހަގަ ކުރި އެވެ.

މީގެ އިތުރުން ގަލާޑޯ ބުނީ، އަލް އިއްތިހާދާ އެކު މަސައްކަތް ކުރަން ފެށުމުން އޭނާގެ ވިސްނުން ވެސް އިތުރަށް ހުޅުވިގެން ދާނެ ކަމަށެވެ. އެކުލަބާ ހަވާލުވުމަކީ ވަރަށް ތަފާތު ކަމެއް ކަމަށާއި، ޚާއްސަކޮށް ބޮޑު ޚަރަދުތަކެއްކޮށް، މަތީ ފަންތީގައި ފައިތިލަ ސާބިތު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ބޮޑު ކަމަށް އޭނާ ބުންޏެވެ.

ގަލާޑޯ ބުނީ، އޭނާގެ އަމާޒަކީ ކުލަބުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުން ކަމަށެވެ. އޭނާގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވާނީ ސައުދީ ލީގުގައި އެ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުމެވެ. ޚާއްސަކޮށް އެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ވެފައި، މޮޅެތި ކުޅުންތެރިންނާއެކު ވެސް މިހާރުގެ ނަތީޖާތައް ކުލަބުގެ ވެރިންނަށް ޤަބޫލު ކުރަން ދަތިވެ އެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

މާޒިޔާއާ މެޗަށް ފަހު ގަލާޑޯ ނިއު ދޫކޮށްލަނީ!

22 ނޮވެމްބަރު 2017
މާޒިޔާއާ މެޗަށް ފަހު ގަލާޑޯ ނިއު ދޫކޮށްލަނީ!
11 ނޮވެމްބަރު 2017

ވޯލްޑް ފްރެންޑްލީ: ރޮނާލްޑޯއާ ނުލައި ސައުދީގެ މައްޗަށް ޕޯޗުގަލް ކުރިހޯދައިފި

11 ނޮވެމްބަރު 2017
ވޯލްޑް ފްރެންޑްލީ: ރޮނާލްޑޯއާ ނުލައި ސައުދީގެ މައްޗަށް ޕޯޗުގަލް ކުރިހޯދައިފި
07 އޮކްޓޯބަރު 2017

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
06 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
01 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި

01 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު