Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ސައުދީ އަރަބިޔާ ކޮލިފައިވީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 6 ސެޕްޓެމްބަރު 2017 | ބުދަ 07:20
ސައުދީ އަދި ޖަޕާން ކުޅުނު މެޗުގެ ތެރެއިން.

ސައުދީ އަދި ޖަޕާން ކުޅުނު މެޗުގެ ތެރެއިން.

ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ "ވޯލްޑްކަޕް" އަށް ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެއާ ވެސް ކޮލިފައިވެއްޖެއެވެ.

ސައުދީ އަރައްބިޔާ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފިކޭޝަންގެ ފަހު މެޗުގައި ޖަޕާނާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން މޮޅުވެ، އެޓީމު ހިމްނޭ ގްރޫޕް ބީގެ ދެވަނަ ހޯދައިގެންނެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕަށް ކޮލިފައިވީ މި މެޗުން ސައުދީ އަތުން ބަލިވި ޖަޕާނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސައުދީގެ ހަމައެކަނި ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފަހުދު އަލް މުވައްލަދުއެވެ. މިއީ 2006 ވަނަ އަހަރަށް ފަހު ސައުދީ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ދެކުނު ކޮރެޔާ ވޯލްޑްކަޕަށް ކޮލިފައިވީ ކޮލިފިކޭޝަންގެ ފަހު މެޗުގައި ރޭ އުޒްބެކިސްތާނާ އެއްވަރުކޮށް ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މެޗު އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕަށް ކޮލިފައިވީ އިރާނެވެ. މިއީ ދެކުނު ކޮރެޔާ ވޯލްޑްކަޕަށް ޖެހިޖެހިގެން ކޮލިފައިވި ނުވަ ވަނަ ފަހަރެވެ.

ސައުދީއަރަބިޔާ އަދި ދެކުނު ކޮރެޔާއާގެ އިތުރުން ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ގައުމުތަކަކީ، ބްރެޒިލް އާއި މެކްސިކޯ އާއި ބެލްޖިއަމްގެ އިތުރުން މުބާރާތް ބާއްވާ ގައުމު ރަޝިއާއެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

28 މެއި 2017
އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި
22 އެޕްރީލު 2017

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު