Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މާލޭ ލީގު: ފަހުވަގުތު ގަލާޑޯ ކާމިޔާބުކުރި ލަނޑުން ޓީސީގެ މައްޗަށް ނިއު ކުރިހޯދައިފި

ޓީސީގެ މައްޗަށް ނިއު ކުރިހޯދީ 3-4 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 23 ޖޫން 2017 | ހުކުރު 20:12
ޓީސީ އަދި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީ އަދި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން

މާލޭ ލީގުގައި ފަހުވަގުތު ގަލާޑޯ ކާމިޔާބުކުރި ލަނޑުން ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ޓީސީއާ ވާދަކޮށް ނިއު މެޗު ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޓީސީ އެވެ. އެހެންނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ހޯދީ ނިއު އެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު މި ފުރުސަތު އޭނާ ގޯލާ ދިމާލަށް ފޮނުވާލިއިރު، ޓީސީގެ ކީޕަރު ކިރަން ކުމާރު ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

ޓީސީން ވެސް ދިޔައީ ހަމަލާ އުފައްދަމުންނެވެ. އެގޮތުން 8 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (އިއްބެ) އަށް ލިބުނު ފުރުސަތު ހިމެނެއެވެ. އިއްބެ ޕެނަލްޓީ އޭރިޔާ ތެރޭގައި މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާ ފޮނުވާލީ ގޯލު ދަނޑިމަތިން ބޭރަށެވެ. މީގެއިތުރުން 18 ވަނަ މިނެޓުގައިވެސް އިއްބެއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. މި ބޯޅަވެސް އޭނާ ފޮނުވާލީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނިއު އެވެ. ޓީސީގެ ޑިފެންސް ލައިނުން ހެދި ގޯހުގެ ފައިދާ ނަގާ މި ލަނޑު ނިއު އަށް ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. މި ލަނޑަށްފަހުވެސް ނިއު އަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ނިއު އިން މެޗުގެ ލީޑު ފުޅާކުރީ 34 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސެންޓޭ މުޅިން ހުސްކޮށްލާފަ ދިނީމަ އެއްފަހަރުންނެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޓީސީ އަށް ފުލުފުލުގައި ލަނޑު ޖަހަން ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން އެޓީމުގެ ބިދޭސީ ފޯވާޑް ސްޓެވާޓް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށްވެސް އަމާޒުވިއެވެ.

ޓީސީން މެޗުގެ ފަރަގު ކުޑަކުރީ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނާއިޒް (ދާދު) އެވެ. ދާދުގެ މި ލަނޑަކީ އަބްދުﷲ ހަނީފް (ބެންޖޯ) އޭރިޔާ ބޭރުން ފޮނުވާލި ބޯޅައިގައި ފައި ޖެއްސުމަށްފަހު މިސްރާބު އޮޅުވާލައިގެން ދާދު ކާމިޔާބުކުރި ލަނޑެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ޓީސީގެ މައްޗަށް ނިއު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، 51 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާ ތެރެއިން ނިއުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯލައިން ޖެހިގެން އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސްޓެވާޓް ކާމިޔާބުކުރި ލަނޑެކެވެ.

އެހެންނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ނިއު އިން ވަނީ ދެވަނަ ފަހަރަށް މެޗެގެ ލީޑު ނަގާފައެވެ. މި ލަނޑު ހަމްޕުގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސެންޓޭއެވެ. ސެންޓޭ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އޭގެ ދެ މިނެޓު ފަހުން ޓީސީން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސްޓެވާޓް ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު މެޗު ނިމެންދަނިކޮށް ނިއު އަށް ލީޑު ނަގައިދިނީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ގަލާޑޯ އެވެ. މި ލަނޑާއެކު މެޗު ނިމުނުއިރު، ނިއު ވަނީ ތިން ޕޮއިންޓް ހޯދާ 21 ޕޮއިންޓް ހަމަކޮށް އެއްވަނައިގައި އޮތް މާޒިޔާއާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމަށް އެއްވަނަ ނުލިބުނީ ލަނޑުގެ ތަފާތުންނެވެ. ޓީސީ އޮތީ 14 ޕޮއިންޓާއެކު ޕޮއިންޓް ތާޥަލުގެ ފަސް ވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު