Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެންޓަސީ ފުޓުބޯޅަ

ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި

"ފެންޓަސީ ފުޓުބޯޅަ" ވެބްސައިޓް މެދުވެރިކޮށް ހިޔާލީ ޓީމެއް ހެދުމުގެ ފުރުސަތު ލިބޭނެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 އޯގަސްޓު 2017 | އަންގާރަ 14:50
 ފެންޓަސީ ފުޓުބޯޅަ ލީގުގެ ވެބްސައިޓް

ފެންޓަސީ ފުޓުބޯޅަ ލީގުގެ ވެބްސައިޓް

އަންނަ ހުކުރު ދުވަހު ފަށާ އުރީދޫ ދިވެހި ޕްރިމިއާ ލީގަށް ހާއްސަކޮށްގެން ފެންޓަސީ ފުޓުބޯޅަ ލީގެއް ތައާރަފްކޮށްފި އެވެ.

"ފެންޓަސީ ފުޓުބޯޅަ" ގެ ނަން ދީފައިވާ ސޯޝަލް މީޑިއާ މި ޕްލެޓްފޯމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް "ފެންޓަސީ ފުޓުބޯޅަ" ވެބްސައިޓް މެދުވެރިކޮށް ހިޔާލީ ޓީމެއް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.

އެގޮތުން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނަށް ހިޔާލީ އަގުތަކެއް ދީފައިވާއިރު، ކޮންމެ ބައިވެރިއަކަށް ވެސް އޭނާ ހަދާ ޓީމަށް ކޮންމެ މެޗު ހަފުތާއެއްގެ ކުރިން ކުޅުންތެރިން ގަނެ ވިއްކޭނެ އެވެ. އެ ބައިވެރިއަކަށް ޕޮއިންޓް ލިބޭނީ، އެ މެޗު ހަފުތާއެއްގައި ލީގުގައި ކުޅޭ މެޗުތަކުގައި ނުކުންނަ ނަތީޖާ އާއި ކުޅުންތެރިންގެ ޕާފޯމަންސަށް ބަލައިގެން ކަނޑައަޅާފައިވާ މިންގަނޑަކުންނެވެ. އަދި ޖެހިގެން އަންނަ މެޗު ހަފުތާއަކަށް އަނެއްކާ ވެސް ޓީމަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.

ފެންޓަސީ ލީގުގެ ޗެމްޕިއަންކަން ލިބޭނީ، ލީގު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ. ޗެމްޕިއަން ބައިވެރިއާއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއް ބަލަން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ވެސް އެހެނިގެން އިނާމްތައް ލިބޭނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.

"ފެންޓަސީ ފުޓުބޯޅަ" ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، މިއީ ދިވެހި ފުޓުބޯޅައިގެ ސަޕޯޓަރުން ވަރަށް ބޮޑަށް ވަޅުޖެހިފައިވާ ވަގުތެއްގައި ޒުވާނުންތަކެއް ހިމެނޭ ޒުވާން ކުންފުންޏަކުން ކޮށްދިން ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، މީގެ ސަބަބުން ދިވެހި ސަޕޯޓަރުން ދިވެހި ފުޓުބޯޅަ އަށް ދޭ އަހަމިއްޔަތުކަން އިތުރުވެގެންދާނެ ކަމަށާއި، ދިވެހި ކުޅުންތެރިންގެ ހުނަރުވެސް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރާއްޖޭގައި އެންމެ މަގުބޫލޫ އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގަށްވާއިރު، އޭގައި 7000 ވަރަކަށް ދިވެހިން ބައިވެރިވެ އެވެ. މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓް، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، ނ.މިލަންދޫ އަދި އއ.މާޅޮހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު