Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒުގެ ކެބިނެޓް

ރައީސް މުއިއްޒުގެ ސަރުކާރުގައި އަންހެން ބޭފުޅުން މަދުވުމުގެ ކަންބޮޑުވުން، އެމްޑީޕީގެ އަންހެނުންގެ ރޫހުން ފާޅުކޮށްފި

18 ނޮވެމްބަރު 2023 | ހޮނިހިރު 15:14

ރައީސް ސާލިހުގެ ވެރިކަމުގައި ކެބިނެޓުގެ %33 ތަމްސީލުކުރައްވަމުން ގެންދެވީ އަންހެން ވަޒީރުން، އެއީ ކެބިނެޓުގައި ތިއްބެވި 18 ވަޒީރުންގެ ތެރެއިން 6

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 18 ނޮވެމްބަރު 2023 | ހޮނިހިރު 15:14
ރައީސް އޮފީހަށް ފަސް މިނިސްޓަރުން އައްޔަންކުރެއްވުން

ރައީސް އޮފީހަށް ފަސް މިނިސްޓަރުން އައްޔަންކުރެއްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި އަންހެން ބޭފުޅުންގެ އަދަދު މަދުވުމަކީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވައި، ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ދެރައެއްކަމުގައި ބުނެ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވައި، ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި، 2018އިން 2023ށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރެއްވި ވެރިކަމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވިކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކެބިނެޓްގެ %33 ތަމްސީލުކުރައްވަމުން ގެންދެވީ އަންހެން ވަޒީރުން ކަމަށާއި، އެއީ ކެބިނެޓުގައި ތިއްބެވި 18 ވަޒީރުންގެ ތެރެއިން 6 ބޭފުޅުންކަން އެ ބަޔާނުގައި ފާހަގަކުރިއެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުގެ 22 ވަޒީރުން ތިއްބެވި ކެބިނެޓުގައި އެންމެ 3 އަންހެން ވަޒީރުން ތިއްބެވުމުން، އެއީ %13 ކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ، ހުވާކުރެއްވުމަށް ވަޒީރުން ތަރުތީބު ކުރައްވާފައި ތިއްބެވިއިރު 3 އަންހެން ބޭފުޅުންވެސް ތިއްބެވީ ފަހަތުބަރިއަށް ލާފައި ކަމަށެވެ. ނަމަވެސް، ވަޒީރުންގެ ސީނިއޯރިޓީއަށް ބެލިކަމުގައި ވިޔަސް އެތަނުން އެއް އަންހެން ވަޒީރަކީ ދެވަނަ ދައުރަކަށް ވަޒީރުކަމާ ހަވާލުވެވަޑައިގަތް، ކުރީބަރީގައި ތިއްބެވި ގިނަ ބޭފުޅުންނަށްވުރެން ސީނިއަރ ބޭފުޅެއްކަން އެ ބަޔާނުގައި ފާހަގަކުރިއެވެ.

އެ ބަޔާނުގައި ފާހަގަކުރި ސީނިއަރ ވަޒީރަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެޑިއުކޭޝަން މިނސްޓަރުކަމުގައި ހުންނެވި، އަދި ރައީސް މުއިއްޒުގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރަކަށް އައްޔަނުކުރެވުނު ޑރ. އާއިޝަތު ޝިހާމްއެވެ.

މީގެ އިތުުރުން ރައީސް އޮފީހުގެ އިސް މަގާމުތަކަށް އައްޔަން ކުރެއްވިއިރު އެންމެ އަންހެން ބޭފުޅަކު އައްޔަން ކުރެއްވިކަމުގެ ކަންބޮޑުވުން އެ ބަޔާނުގައު ފާޅުކުރަމުން ބުނީ، ވަޒީރުންގެ މަޖިލީހަކީ ގައުމެއްގެ ހައިސިއްޔަތުން ބަސްކިޔުމުގައި ސަރުކާރުގެ އެންމެ މަތީ ފަޑިކަމުގައި ވާހިނދު، ވަޒީރުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު %13ށް ވެއްޓުމަކީ، އަންހެނުން ސިޔާސީ ދާއިރާގައި ބާރުވެރިކުރުމަށް މި ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިޔަވަޅެއްކަމުގައި އެމްޑީޕީން ދެކޭކަމަށެވެ.

އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހަށް %20 އަންހެނުން ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވާނެ ވާހަކަ ވިދާޅުވެފައިވާއިރު، އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމަކާނުލައި، ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގެ އެންމެމަތީ ބާރުކަމުގައިވާ ކެބިނެޓަށް ސީދާ އެމަނިކުފާނަށް އަންހެން ބޭފުޅުން އައްޔަނުކުރެއްވެން އޮތް ފުރުސަތުގައި، އެކަން ނުކުރެއްވުމަަކީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަމުގެ ހެތްކެއްކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެކަމުން ފެންނަނީ ރައީސް މުއިއްޒު، ޖުމްހޫރީ މައިދާނުގައި ދެއްވި ތަގުރީރާ ދިމާނުވާކަން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ވަޒީރުންގެ މަޖިލިސް އަތުރާލެވޭއިރު އަންހެން ވަޒީރުން ފަހަތަށް ޖެއްސުމަކީ، އޭން ވަރަށް ގޯސް މާނައެއް ދޭހަވާ ކަމެއް ކަމުގައިވެސް ދެކެމެވެ. އެއީ އަންހެނުންނަކީ އަބަދުވެސް ފަހަތުގައި ތިބެންޖެހޭ ބައެއްކަމަށް ނުސީދާގޮތެއްގައި ދައްކުވައި ދިނުމެވެ. އަދި މި އަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޖުމްހޫރީ މައިދާނުގައި ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށްވެސް ދިމާނުވާކަން ފާހަގަކުރަމެވެ."

އެހެންކަމުން އަންހެނުން ފަހަތައް ޖައްސަވައި، އަންހެނުންނަށް ނިކަމެތިކަން ލިބޭގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަކީ އެ ޕާޓީގެ އަންހެނުންގެ ރޫހުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއްނޫންކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް