Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯރޓްސް މިނިސްޓްރީ

އާ ސަރުކާރުގެ ކުޅިވަރު މިނިސްޓަރަކަށް ހުރިހާ އެތްލީޓުންގެ ޑޮކްޓަރު ރާއްޕެ!

18 ނޮވެމްބަރު 2023 | ހޮނިހިރު 02:07

ރާއްޕެ މަސައްކަތްކުރައްވަމުން އައީ ކުޅުންތެރިން އަނިޔާއިން ސަލާމަތްކުރަން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 18 ނޮވެމްބަރު 2023 | ހޮނިހިރު 02:07
ޑރ.ރާފިއު ގައުމީ ފުޓްބޯޅަ ޓީމްގެ ތަމްރީނުތަކެއްގެ ތެރެއިން؛ ފޮޓޯ-އެފްއޭއެމް

ޑރ.ރާފިއު ގައުމީ ފުޓްބޯޅަ ޓީމްގެ ތަމްރީނުތަކެއްގެ ތެރެއިން؛ ފޮޓޯ-އެފްއޭއެމް

އާ ސަރުކާރުގެ ކުޅިވަރު މިނިސްޓަރަކަށް ގައުމީ ޓީމްތަކުގެ އެތްލީޓުންގެ ޑޮކްޓަރ އަބްދުالله ރާފިއު އައްޔަން ކުރައްވައިފިއެވެ.

ސްޕޯރޓްސް ފިޒީޝަން ޑރ.ރާފިއު އަކީ މިދިޔަ އަހަރު ތަކުގައި ގައުމީ ޓީމްތައް ވާދަކުރި މުބާރާތްތަކާއި, ގޭމްސް ތަކުގައިވެސް މެޑިކަލް ޓީމް ލީޑްކުރެއްވި, ކުޅުންތެރިންގެ އަނިޔާގެ ކަންކަން ބެލެހެއްޓެވި ކުޅިވަރުގެ ބޮޑު ޚިދުމަތްތެރިއެކެވެ. އޭނާ ފާހަގަކުރެވެނީ ހުރިހާ ކުޅިވަރެއްގެ ޚިދުމަތްތެރި އެއްގެ ގޮތުގައެވެ. މިދިޔަ ދެ އަހަރު ޔޫތް މިނިސްޓްރީން ދިން އެދާއިރާގެ އެންމެ ޚިދުމަތްތެރި އެވޯޑްވެސް ދެއްވީ ޑރ.އަބުދުالله ރާފިއު އަށެވެ.

ކުރިން ޔޫތް އާއި ސްޕޯރޓްސް އެއްކޮށް, އެއް މިނިސްޓްރީ އެއްގެ ދަށުން ހިނގަމުން އައި ނަމަވެސް ޑރ.ރާފިއުއާ ހަވާލުކުރެއްވީ ކުޅިވަރާއި, ފިޓްނަސްއާއި ރެކްރިއޭޝަން ހިމެނޭ ގޮތަށް އުފެއްދެވި މިނިސްޓްރީ އޮފް ސްޕޯރޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން އެވެ. ރާފިއުއަކީ ސްޕޯރޓްސް ކައުންސިލްގެ ވެސް މެމްބަރެކެވެ. ސްޕޯޓްސް މެޑިކަލްގެ ރޮނގުން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ޢަބްދުﷲ ރާފިޢު ގެންދަވަނީ، އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ޤައުމީ ޓީމުގެ މެޑިކަލް ލީޑަރުގެ ޙައިސިއްޔަތުން 2019 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުންނެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިވެދެއްވުމުގެ މަސައްކަތް 2003 ވަނަ އަހަރުން ފެށިގެން ވަނީ ފަށްޓަވައިފައެވެ. ޢަބްދުﷲ ރާފިޢަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވަވާ، އަދި ކަސްރަތާ ހަށިހެޔޮކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ މަޤްބޫލު ބޭފުޅެކެވެ.

ރާފިއު އަކީ ދުނިޔޭގެ ސްވިމިންގ ފެޑެރޭޝަންގެ މެޑިކަލް ޓީމްގެވެސް މެމްބަރެކެވެ. މިއީ ރާފިއު ސިޔާސީ މަގާމަކާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2017

އަހަރުގެ ކުޅިވަރު ޝަހްސިއްޔަތަކަށް ފެޑެރާ ހޮވިއްޖެ

15 ޑިސެމްބަރު 2017
އަހަރުގެ ކުޅިވަރު ޝަހްސިއްޔަތަކަށް ފެޑެރާ ހޮވިއްޖެ
08 ނޮވެމްބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި
30 އޯގަސްޓު 2017

ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު މެކްގްރެގޯ އެންމެ މުއްސަދި އެތްލީޓުންގެ ލިސްޓަށް

30 އޯގަސްޓު 2017
ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު މެކްގްރެގޯ އެންމެ މުއްސަދި އެތްލީޓުންގެ ލިސްޓަށް
22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް