Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޯޖާ ފެޑެރާ

އަހަރުގެ ކުޅިވަރު ޝަހްސިއްޔަތަކަށް ފެޑެރާ ހޮވިއްޖެ

މި މަގާމު ފެޑެރާއަށް ލިބިގެންދިޔައީ ބީބީސީގެ ކުޅިވަރު ވެބްސައިޓްގައި ނެގި ވޯޓަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ޑިސެމްބަރު 2017 | ހުކުރު 14:24
ރޯޖާ ފެޑެރާ - ބީބީސީ އިން ހޮވި އަހަރުގެ ކުޅިވަރު ޝަހްސިއްޔަތު

ރޯޖާ ފެޑެރާ - ބީބީސީ އިން ހޮވި އަހަރުގެ ކުޅިވަރު ޝަހްސިއްޔަތު

ބީބީސީއިން ހޮވާ އަހަރުގެ އެންމެ ވަރުގަދަ ކުޅިވަރު ޝަހްސިއްޔަތަކަށް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ހޮވިއްޖެއެވެ.

އުމުރުން 36 އަހަރުގެ ފެޑެރާ މި އެވޯޑު ހޯދީ އިތުރު ފަސް ފަރާތަކާ ވާދަކުރުމަށް ފަހުއެވެ. އެގޮތުން ފެޑެރާ މި މަގާމު ހާސިލުކުރީ އެމެރިކާގެ ޓޮމް ބްރޭޑީ އާއި އެ ގައުމުގެ ފެތުންތެރިޔާ ކެޓީ ލެޑެކީއާގެ އިތުރުން ހަމަ އެ ގައުމުގެ އެތުލީޓް ޓެޓީނާ މެކްފޭޑެން، އޮސްޓްރޭލިއާގެ އެތުލީޓް ސެލީ ޕާސަންގެ އިތުރުން ނެދަލޭންޑްސްގެ ޑާޓް ކުޅުންތެރިޔާ މައިކަލް ވެންގާވެންއާ ވާދަކޮށެވެ.

މި މަގާމަށް ފެޑެރާ ނޮމިނޭޓްކުރީ ކުޅިވަރު ދިރާސާކުރާ މާހިރުންގެ ޕެނަލަކުންނެވެ. މި މަގާމު ފެޑެރާއަށް ލިބިގެންދިޔައީ ބީބީސީގެ ކުޅިވަރު ވެބްސައިޓްގައި ނެގުނު ވޯޓަކުންނެވެ. މިއީ ފެޑެރާ މި މަގާމު ހާސިލްކުރި ތިންވަނަ ފަހަރެވެ. އޭނާގެ ކުރިން ޖެމެއިކާގެ އެތުލީޓު އުސެއިން ބޯލްޓް އަދި ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ވަނީ މި މަގާމު ތިން ފަހަރެއްގެ މަތިން ހޯދާފައެވެ.

މި މަގާމު ލިބިގެންދިޔުމުން ފެޑެރާ ބުނީ ބީބީސީ އިން ހޮވި މިފަދަ ޝަރަފުވެރި މަގާމެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި އަދި ވޯޓަކުން ހޮވުމުން މި މަގާމު މާ ބޮޑަށް ހާއްސަވެގެންދާ ކަމަށެވެ. ހަމައެހެންމެ ސަޕޯޓަރުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުންދާ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާއާ ދެކޮޅަށް މި މަގާމަށް ވާދަކޮށްފައި ވަނީ ހުސް ޗެމްޕިއަނުން ކަމަށެވެ.

ހަ މަސްދުވަހުގެ އިންޖަރީއެއްގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ފެޑެރާ ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިއަހަރުގެ ތެރޭގައި ފެޑެރާ ދެ ގްރޭންސްލޭމް މުބާރާތް ކާމިޔާބުކުރިއެވެ. އެއީ ވިމްބެލްޑަން މުބާރާތާއި އޮސްޓްރޭލިއަން އޯޕަން ޓެނިސް ޗެމްޕިއަންޝިޕެވެ. މި ދެ މުބާރާތުގެ ތައްޓާ އެކު އެންމެ ގިނަ ގްރޭންސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް ފެޑެރާ ވަނީ ފުޅާކޮށްފައެވެ. އޭނާވަނީ ކެރިއަރުގައި މިހާތަނަށް 19 ގްރޭންސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.

ހަމައެހެންމެ މިއަހަރު ކާމިޔާބުކުރި ވިމްބެލްޑަން މުބާރާތާ އެކު ފެޑެރާ ވެގެން ގޮސްފައިވަނީ އޯޕެން އެރާގައި މި މުބާރާތް ކާމިޔާބުކުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.

މިއަހަރު ފެޑެރާ ހަތް މުބާރާތް ކާމިޔާބުކޮށްފައިވާއިރު އޭނާ ކުޅުނު 57 މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ ފަސް މެޗުންނެވެ. ބާކީ ފަސް މެޗުން އޭނާވަނީ މޮޅުވެފައެވެ.

ފެޑެރާގެ ކެރިއަރުގައި އޭނާވަނީ މިހާތަނަށް 95 މުބާރާތެއް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި އޭޓީޕީ ރޭންކިންގެ އެއްވަނަ 302 ހަފްތާ ވަންދެން ދަމަހައްޓާފައެވެ. ފެޑެރާއަކީ ބީބީސީއިން ހޮވި 2006 އަދި 2007 ވަނަ އަހަރުގެ އެންމެ ވަރުގަދަ ކުޅިވަރު ޝަހްސިއްޔަތެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު