Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ

ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު މެކްގްރެގޯ އެންމެ މުއްސަދި އެތްލީޓުންގެ ލިސްޓަށް

މެކްގްރެގޯގެ މިއަހަރުގެ އާމްދަނީ 100 މިލިއަން ޑޮލަަރަށްވުރެ އިތުރުވާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 އޯގަސްޓު 2017 | ބުދަ 08:52
މެކްގްރެގޯ އަދި ރޮނާލްޑޯ

މެކްގްރެގޯ އަދި ރޮނާލްޑޯ

ކޮންމެ އަހަރު އެއްފަހަރު ނެރޭ ފޯބްސްގެ އެންމެ މުއްސަނދި އެތްލީޓުންގެ ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ކޮނާ މެކްގްރެގޯ ކުރިޔަށް ޖެހިލައިފިއެވެ.

މިއަހަރު މި ލިސްޓުގެ އެންމެ ކުރީގައި ރޮނާލްޑޯ އޮތް ނަމަވެސް އަންނަ އަހަރު ނެރޭ ރޭންކިންގައި އޭނާއަށް ލިބޭނީ ތިންވަނަ އެވެ. އެގޮތުން މި ލިސްޓުގެ އެއްވަނަ ހޯދާނެ ކަމަށް ބެލެވެނީ ބޮކްސިން ލެޖެންޑް ފްލޮއިޑް މޭވެދާއެވެ. އަދި ދެވަނަ ހޯދާނެ ކަމަށް ބެލެވެނީ ޔޫއެފްސީގެ އެތްލީޓު ކޮނާ މެކްގްރެގޯއެވެ.

މި ދެ އެތްލީޓުންގެ ވެސް އާމްދަނީ މިއަހަރު އިތުރުވެގެން ގޮސްފައި ވަނީ އެ ދެ އެތްލީޓުންގެ މެދުގައި ބޭއްވުނު ބޮކްސިން މެޗުގެ ސަބަބުންނެވެ. "ދަ މަނީ ފައިޓު" ގެ ނަމުން ނަންދެވުނު މި ބޮކްސިން މެޗަކީ މިހާތަނަށް ދުނިޔޭގައި ބޭއްވުނު އެންމެ އަގުބޮޑު ބޮކްސިން މެޗެވެ.

މި މެޗު ކާމިޔާބު ކުރި ފްލޮއިޑް މޭވެދާއަށް 300 މިލިއަން ޑޮލަރު ލިބިފައިވާއިރު މެކްގެރެގޯ މި މެޗުން ބަލިވި ކަމުގައި ވިޔަސް އޭނާއަށް ވަނީ 100 މިލިއަން ޑޮލަރުގެ ލިބިފައެވެ.

މިއަހަރު މީޑިއާ އާއި ވާހަކަ ދައްކަމުން މެކްގެރެގޯ ބުނެފައި ވަނީ މިއަންނަ އަހަރު ނެރޭ ލިސްޓުގައި ރޮނާލްޑޯއަށް ވުރެ ކުރިން ޖާގަ ހޯދާނެ ކަމަށެވެ. ރޮނާލްޑޯގެ އިތުރުން މެކްގްރެގޯ ވަނީ އެމެރިކާގެ ބާސްކެޓު ތަރި ލެބްރޯން ޖޭމްސްއާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް

މެސީ އަދި ފޯމިއުލާ ވަންގެ ލުއިސް ހެމިލްޓަން ވެސް ފަހަތަށް ޖައްސާލަފައެވެ.

މިދިޔަ އަހަރުގެ ރޭންކިންގައި ރޮނާލްޑޯ އެއްވަނައަށް ހޮވުނީ 93 މިލިއަން ޑޮލަރާއެކެއެވެ. އަދި އޭނާގެ ފަހަތުން ދެވަނައަށް ރޭންކް ކުރެވިފައި ވަނީ ބާސްކެޓު ތަރި ލެބްރޯން ޖޭމްސްއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު