Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިހް

ރައީސް ސާލިހަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވި ވެރިއެއް - އެމްޑީޕީ

2018 ގައި އަދި 2023 ގައި ރައީސް ޞާލިހަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ނޮވެމްބަރު 2023 | ހުކުރު 12:22
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވި ވެރިއެއް ކަމަށް ދިވެހިރައްޔިތުންގެ ޑިކޮމްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާކަން އަދާކުރައްވާ ހުކުރު ދުވަހު ރިޔާސީ ދައުރު ފުރިހަމަކުރައްވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ޝުކުރުވެރިކަމާއެކު ހޫނު މަރުހަބާއެއް އެމްޑީޕީން ދަންނަވާފައިވެއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިންތިހާބުކުރެއްވުމަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް މި ޕާޓީއަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.

އަދި 2018ން 2023ށް ނިމިގެން މިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވި އަދި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ތަރައްގީއަށާއި ގައުމުގެ އެކި އެކި ދާއިރާތަކަށް ގެންނެވި އިންގިލާބީ ހެޔޮ ބަދަލުތަކާއި ކޮވިޑްގެ އާލަމީ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށާއި އިގަތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކޮށްދެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ މަސައްކަތްތަކެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ އެ މަގާމާ ހަވާލުވެވަޑައިގަންނެވި ޑރ. މުހައްމަދު މުއިއްޒުއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާފައިވެއެވެ. އަދި އެ މަނިކުފާނު އެ މަގާމާ ހަވާލުވެވަަޑައިގެންނެވުމާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު