Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޫގޯ ސްވަޔާ

ރައީސް ޔާމިން ވެރިކަމުގައި ހުންނެވުމުގެ ސައްހަކަން އަމިއްލަފުޅަށް ގެއްލުވާލައިފި: ހޫގޯ ސްވަޔާ

25 ޖުލައި 2017 | އަންގާރަ 02:32

ރާއްޖެއަށް މިހާރުން މިހާރަށް ޑިމޮކްރަސީ ގެނަންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 ޖުލައި 2017 | އަންގާރަ 02:32
ކޮމަންވެލްތު އޮފީހުގެ ކުރީގެ ފޮރިން މިނިސްޓަރު ހޫގޯ ސްވަޔާ

ކޮމަންވެލްތު އޮފީހުގެ ކުރީގެ ފޮރިން މިނިސްޓަރު ހޫގޯ ސްވަޔާ

ރައީސް ޔާމިން، އިތުރަށް ވެރިކަމުގައި ހުންނެވުމުގެ ސައްޙަކަން އެމަނިކުފާނު އަމިއްލަފުޅަށް ގެއްލުވާލައްވައިފި ކަމަށް ކޮމަންވެލްތު އޮފީހުގެ ކުރީގެ ފޮރިން މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ސްވަޔާ ކުރައްވާފާއިވާ ޓްވީޓްގައި ރާއްޖެއަށް މިހާރުން މިހާރަށް ޑިމޮކްރަސީ ގެނައުމަށް ވަނީ ގޮވާލައްވާފައެވެ.

އަދި އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ސްޓީލިން ޕެރަޑައިސް ޓެގް ކުރައްވައި ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ޤާނޫނާ ޙިލާފް ކަންތައްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ހޯމަ ދުވަހު ސަލާމަތީ ބާރު ތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންމަޖީލީހުގެ އިދާރާއިން ގަދަކަމުން ނެރުނު މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސް ރައީސް ޔާމިންގެ ސަރުކާރަށާއި އެމަނިކުފާނަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެއެވެ.

ބައިނަލްއަޤްވާމީ މީޑިޔާތަކުން ރާއްޖޭގެ މަސްރަޙް ސިފަކޮށްފައި އަސްކަރިއްޔާ އިން މަޖިލިސް ހިސޯރުކޮށްފައިވާ ހާލަތެއްގެ ގޮތުގައެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އިނގިރޭސި ވިލާތުން ވަނީ ޓްރެވެލް އެޑްވައިސްއެއް ނެރެފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާ މިފަދަ ދަނޑިވަޅުތަކުގައި ގައުމުތަކުން އަބަދުވެސް، މިފަދަ ޓްރެވެލް އެޑްވައިސްތައް ނެރެ އެވެ.

މިމަހުގެ ކުރީ ކޮޅު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، ރާއްޖެއަށް އިންވެސްޓަރުން ނައުމުގެ ޒިންމާ އުފުލަންޖެހޭނީ އިދިކޮޅުފަރާތްތަކުން ކަމަށެވެ.

ހޫގޯ ސްވަޔަ ވަނީ 2016 ވަނަ އަހަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާފައެވެ.

އެ ދަތުރުފުޅުގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ބައްދަލު ކުރައްވައި ރާއްޖެއާ މެދު ހުރި ބައެއް ކަންބޮޑުވުންތަކާއި އަދި ދެގައުމު ދެމެދު ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރެއްވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުގެ މައްސަލައާ ބެހޭ ގޮތުން ހޫގޯ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް