Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައްޝިފާ ހޮސްޕިޓަލަށް ހަމަލާދިނުން

އައްޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުރިކަން ސާބިތުކޮށްނުދެވޭ: އެނަލިސްޓް

އައްޝިފާ ހޮސްޕިޓަލްގައި ހަމާސްގެ ކޮމާންޑް ސެންޓަރެއްހުރިކަމަށް ބުނެ އިސްރާއީލުން ހެދި ދޮގުތައް ވަނީ ފަޅާއަރާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 17 ނޮވެމްބަރު 2023 | ހުކުރު 02:03
އައްޝިފާ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދަށް އިސްރާއީލްގެ ހަނގުރާމަވެރިން ވަނުން

އައްޝިފާ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދަށް އިސްރާއީލްގެ ހަނގުރާމަވެރިން ވަނުން

ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ ދަށުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުރިކަމަށް ބުނެ އެ ހޮސްޕިޓަލް ޙިޞޯރު ކުރުމަށް އިސްރާއީލުން ކުރަމުންދިޔަ ތުހުމަތުތައް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އެނަލިސްޓަކު ވިދާޅުވެއްޖެ އެވެ. 

މެދުއިރުމަތީގެ ކައުންސިލް އޮން ގްލޯބަލް އެފެއާޒްގެ މާހިރެއް ކަމަށްވާ އުމަރު ރަހްމާން އަލްޖަޒީރާއަށް ވިދާޅުވީ ހަމާސްގެ ބޮޑު މަރުކަޒެއް އައްޝިފާގެ އަޑީގައި ފޮރުވިފައިވާ ކަމަށް އިސްރާއީލުން ހަފުތާތަކެއް ވަންދެން ބުނަމުން ދިޔަ ނަމަވެސް އެކަމަށް ބާރުލިބޭ އެއްވެސް ހެތްކެއް ދެއްކިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ރައިފަލްތަކާއި ޖެކެޓް ފަދަ އިސްރާއީލުން ދައްކާފައިވާ މަދު ހެކިތައް އާދައިގެ އޮބްޒާވަރުންނަށް ވެސް ފެންނަނީ އެއީ އިސްރާއީލުން އުފައްދާފައިވަ ހެކިތަކެއްގެ ގޮތުގައެވެ.

ރަހްމާން ވިދާޅުވާ ގޮތުގައި އިސްރާއީލްގެ ހަނގުރާމަވެރިން އެތަނަށް ވަދެ އެތަން ހިފި އިރު އިސްރާއީލުން ތުހުމަތު ކުރި ފަދައިން ހަމާސްގެ އަސްކަރީ ވިންގްގެ އެއްވެސް ހަރަކާތެއް އެ ހޮސްޕިޓަލުގެ ކައިރީގައިވެސް ހިންގަމުންދާކަން މިކަމުން ސާބިތުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލުން މިފަދަ ސައްހަ ނޫން ތުހުމަތުތައް ބޭނުންކުރަނީ މަދަނީ ތަންތަނަށް ބޮން އެޅުމުގެ ބަހަނާގައި ކަމަށާއި އެއީ ކަނޑައެޅިގެން ހަނގުރާމަތަކާ ގުޅޭ ބައިނަލް އަޤުވާމީ ޤާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.

ރަހްމާން ވިދާޅުވީ ހަނގުރާމަވެރިން ތިބުމުގެ ފުރުސަތު އޮތް ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުތަކުގައި އާންމުންނަށް ނުވަތަ މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން މަނާ ކަމަށެވެ. އޭނާ ނިންމަވާފައި ވަނީ ޣައްޒާގެ އާންމުން މެރުމަށާއި އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލުމުގައި އައްޝިފާ ހޮސްޕިޓަލް ހިފުމަށް އިސްރާއީލުން ކުރި ވިޔާނުދާ ދޮގު ތުހުމަތު ތައް ސާބިތުނުވާ ކަމަށެވެ.

ޣައްޒާގެ މެޑިކަލް ފެސިލިޓީތަކަށް ދިން ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމުގައިވާތީ އެކަން ބެލުމަށް މިނިވަން ތަހުގީގެއް ހިންގުމަށް ރަހްމާން ވަނީ ބައިނަލް އަޤުވާމީ މުޖުތަމައުއަށް ގޮވާލައްވާފަ އެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 11،400 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2020

ކޮވިޑް-19: އިތުރު ޓެސްޓުތައް ހެދުމަށް ޔޫކޭގެ ބޮޑުވަޒީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

06 އެޕްރީލު 2020
ކޮވިޑް-19: އިތުރު ޓެސްޓުތައް ހެދުމަށް ޔޫކޭގެ ބޮޑުވަޒީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
23 އޮކްޓޯބަރު 2019

ޖަލު ބަންދުގައި ހުންނެވި ނަވާޒް ޝަރީފުގެ ޞިއްޙީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި!

23 އޮކްޓޯބަރު 2019
ޖަލު ބަންދުގައި ހުންނެވި ނަވާޒް ޝަރީފުގެ ޞިއްޙީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި!
22 އޮކްޓޯބަރު 2019

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

22 އޮކްޓޯބަރު 2019
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
03 ފެބުރުއަރީ 2019

ހަމާސްގެ ލީޑަރު ހަނިއްޔާ އިސްރާއީލާއެކު ވާހަކަދެއްކެވުމަށް މިސްރަށް

03 ފެބުރުއަރީ 2019
ހަމާސްގެ ލީޑަރު ހަނިއްޔާ އިސްރާއީލާއެކު ވާހަކަދެއްކެވުމަށް މިސްރަށް
03 ފެބުރުއަރީ 2019

ނަވާޒް ޝަރީފް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

03 ފެބުރުއަރީ 2019
ނަވާޒް ޝަރީފް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު