Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޭލިއާ-ފަލަސްޠީން

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ އިންސާނީ ހާލަތާ މެދު "އިންކާރު ކުރަމުންދާ" ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީސް ވިދާޅުވެއްޖެ

ޣައްޒާގެ އިންސާނީ ހާލަތާމެދު ނަތަންޔާހޫ އިންކާރު ކުރަމުން ދާއިރު، އޮސްޓްރޭލިއާ އިން ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމުމަކީ އިސްރާއީލަށް ކުރިމަތިވެފައިވާ ބައިނަލްއަގުވާމީ ފިއްތުންތަކަށް އިތުރުވި ބާރެކެވެ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 03:32
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ އިންސާނީ ހާލަތާ މެދު "އިންކާރު ކުރަމުންދާ" ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާ އިން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ.އޮސްޓްރޭލިއާ އިން ރަސްމީ ކޮށް ފަލަސްތީނު ދައުލަތް ބަލައިގަންނަކަން އިއުލާނު ކުރާނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގައެވެ. ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ފްރާންސް، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގައުމުތަކުން ވެސް ނިންމާފައި ވަނިކޮށް އޮސްޓްރޭލިއާ ގެ މި ނިންމުމަކީ، އިސްރާއީލަށް ކުރިމަތިވެފައިވާ ބައިނަލްއަގުވާމީ ފިއްތުންތަކަށް އިތުރުވި ބާރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.އަލްބަނީސް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ސަރުކާރުން އެގައުމުގެ އެކުވެރިން ބުނާ އެއްޗެއް އަޑުއެހުމަށް ނުކުޅެދުން ވެގެން ދިޔައީ ފަލަސްތީނުގެ ދައުލަތެއް ގަބޫލު ކުރުމަށް އޮސްޓްރޭލިއާ އިން ނިންމި ނިންމުމަށް މަގުފަހިކުރި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޣައްޒާ ގެ މައްސަލައިގައި ނަތަންޔާހޫ އާއެކު ކުރެއްވި ފޯނު ކޯލެއްގައި، ކުށެއް ނެތް އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ފާހަގަ ކުރުމުން އިސްރާއީލުގެ ބޮޑުވަޒީރު އެކަމާ އިންކާރު ކުރި ކަމަށެވެ.އޮސްޓްރޭލިއާ އިން ފަލަސްޠީނުގެ ދައުލަތެއް ގަބޫލު ކުރުމަކީ ފަލަސްޠީނު އޮތޯރިޓީ (ޕީއޭ) އިން ދޭންޖެހޭ ބައެއް ގެރެންޓީ އާ ގުޅިފައިވާ ކަމެކެވެ. މީގެ ތެރޭގައި ކުރިމަގު ގައި ގާއިމު ވާ ސަރުކާރެއްގައި ހަމާސް ޖަމާއަތް ބައިވެރި ނުވާނެ ކަމުގެ ޔަގީންކަން ހިމެނެއެވެ.ޣައްޒާގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާއި ނުރައްކާތެރި އިންސާނީ ހާލަތާއެކު، އޮސްޓްރޭލިއާގެ އާންމު ރައްޔިތުންގެ ހިތްތަކުގައި މިމައްސަލައާ މެދު އުފެދިފައިވާ ކަންބޮޑުވުން އިތުރު ވެފައިވެއެވެ. ފްލިންޑަރސް ޔުނިވަރސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސްގެ ސީނިއަރ ލެކްޗަރަރ ޖެސިކާ ޖެނައުއަރ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުގެ މި ނިންމުމަކީ އޮސްޓްރޭލިއާގެ ރައްޔިތުންގެ އާންމު ހިޔާލު ބަދަލުވެފައިވާކަން ދައްކުވައިދޭ ނިންމުމެކެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު