Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2024ގެ ބަޖެޓް

2024ގެ ބަޖެޓަކީ ޚަރަދުގެ ސިޔާސަތުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ބަޖެޓެއް: ފިނޭންސް މިނިސްޓްރީ

ބަޖެޓްގެ ޕްރައިމަރީ ޑެފިސިޓް ކުޑަކުރެވޭނެ ގޮތްތަކާއި، އާމްދަނީ ރިކަރެންޓް ޚަރަދު ފޫބެއްދޭނެ ގޮތްތައް ހޯދަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2023 | ބުރާސްފަތި 07:03
ފަލަސުރުޚީ ޕްރޮގްރާމްގައި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވާހަކަފުޅުދައްކަވަނީ

ފަލަސުރުޚީ ޕްރޮގްރާމްގައި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވާހަކަފުޅުދައްކަވަނީ

2024 ވަނަ އަހަރުގެ ބަޖެޓަކީ ޚަރަދުގެ ސިޔާސަތުތައް ކުޑަ ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގައި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް ބަލާފައިވާ ކަމަށެވެ. އެއީ 2023 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ކަމެއް ކަމަށާއި، އެކަމަށްޓަކައި ވަރަށް ބޮޑެތި ފިޒިކަލް ރިފޯމްތަކެއް އެކަށައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުވަޝް ވިދާޅުވީ ބަޖެޓު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވާނެ ކަމަށާއި، ބަޖެޓް ބޮޑުވީ ކަމުގައި ވީނަމަވެސް ބަޖެޓްގައި އެކި ސިޔާސަތުތަކަށް ބަދަލު ގެނައުމަށާއި، ޚާއްސަކޮށް ޚަރަދުގެ ސިޔާސަތުތައް ކުޑަ ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ހިނގާނެ އެއް ޚަރަދަކީ މުވައްޒަފުންނަށް ހިނގާ ޚަރަދާއި، ތަރައްޤީއަށް ހިންގާ މަޝްރޫއުތަކަށް ހިނގާ ޚަރަދު ކަމަށް ސަރުވަޝް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕީއެސްއައިޕީގެ އެކިއެކި މަޝްރޫއުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އަށް އިޝާރާތް ކުރައްވައި ސަރުވަޝް ވިދާޅުވީ އިގްތިސާދު އަޑިއަޅާލައި، ވަރަށް ބޮޑު ސަޕޯޓެއް ދޭން ޖެހުނު ކަމަށެވެ. ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސިޔާސަތުތައް ކަނޑައަޅާފައިވާއިރު، ދަރަނި ވަކި މިންވަރަކަށް ތިރިކުރަން ބޭނުންވާ ކަމަށާއި، އެކަމަށް ބާރުދޭ ސިޔާސަތައް ބަޖެޓްގެ ތެރޭގައި ކަނޑައަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަޖެޓްގެ ޕްރައިމަރީ ޑެފިސިޓް ކުޑަކުރެވޭނެ ގޮތްތަކާއި، އާމްދަނީ ރިކަރެންޓް ހަރަދު ފޫބެއްދޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 49.5 ބިލިއަން ރުފިޔާ އެވެ.

މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ.

މި ޚަރަދުތަކުގެ އިތުރުން ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 2.2 ބިލިއަން ރުފިޔާއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 14.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 6.1 ބިލިއަން ރުފިޔާ، އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 9.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ލޯނުގެ ޚިދުމަތުގެ ޚަރަދަށް 5.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުކޮށްފައިވެއެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށެވެ. އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާނެ 8.7 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރުގެ ބަޖެޓަކީ އެންމެ އަނިޔާވެރި، ހިޔާނާތްތެރި ބަޖެޓް: އިބްރާހިމް ހަސަން

އަންނަ އަހަރުގެ ބަޖެޓަކީ އެންމެ އަނިޔާވެރި، ހިޔާނާތްތެރި ބަޖެޓް: އިބްރާހިމް ހަސަން

22 ނޮވެމްބަރު 2017
ބަޖެޓަކީ ދެމެހެއްޓެވިނި ތަރައްގީއަށް ވިސްނައިގެން އެކުލަވާލާފައިވާ ބަޖެޓެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް

ބަޖެޓަކީ ދެމެހެއްޓެވިނި ތަރައްގީއަށް ވިސްނައިގެން އެކުލަވާލާފައިވާ ބަޖެޓެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް

21 ނޮވެމްބަރު 2017
ބަޖެޓަކީ ޕީޕީއެމް މެމްބަރުންނަށް ބާއްވައިލެއްވި އެއްޗެއްފަދަ، ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެ: އަލީ ހުސައިން

ބަޖެޓަކީ ޕީޕީއެމް މެމްބަރުންނަށް ބާއްވައިލެއްވި އެއްޗެއްފަދަ، ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެ: އަލީ ހުސައިން

20 ނޮވެމްބަރު 2017
އަންނަ އަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް ނެތް ބަޖެޓެއް: ގުޅިފައިވާ ޕާޓީތައް

އަންނަ އަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް ނެތް ބަޖެޓެއް: ގުޅިފައިވާ ޕާޓީތައް

20 ނޮވެމްބަރު 2017
ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ނިންމާލެވޭނެ އެއްޗެއް ނޫން: ރޮޒައިނާ

ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ނިންމާލެވޭނެ އެއްޗެއް ނޫން: ރޮޒައިނާ

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު