Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރަނި ދެއްކުން

2026 ވަނަ އަހަރު ދަރަނި ދެއްކުމަށް 1 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަންޖެހޭ

2021 ވަނަ އަހަރު ވިއްކާފައިވާ ސޮވްރިން ސުކޫކްގެ 500 މިލިއަން ޑޮލަރު ހިމެނޭ

މަޚްތޫމް
މަޚްތޫމް | 15 ނޮވެމްބަރު 2023 | ބުދަ 07:41
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ | ރާއްޖެއެމްވީ

2026 ވަނަ އަހަރު ދަރަނި ދެއްކުމަށް 1 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަންޖެހޭ ކަމަށް ބަޖެޓުގައި ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބުނެފައިވަނީ 2026 ވަނަ އަހަރަކީ ބޮޑު އަދަދަކުން ރާއްޖެއިން ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭނެ އަހަރެއް ކަމަށެވެ.

އެގޮތުން، އެ އަހަރުގެ ދަރަނީ ޚިދުމަތަށް، ދަރަނީގެ އިންޓްރެސްޓް އަދި ޕްރިންސިޕަލް އަދާކުރުމަށް، 1 ބިލިއަން ޔޫއެސް ޑޮލަރު ހޭދަކުރަން ޖެހެއެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު ވިއްކާފައިވާ ސޮވްރިން ސުކޫކްގެ 500 މިލިއަން ޑޮލަރު ހިމެނެއެވެ. 2026 އަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން މަސައްކަތް ފަށާފައިވާއިރު އެގޮތުން، ދައުލަތުގެ ދަރަނީގެ ހިރާސްތައް ކުޑަކޮށް، ދަރަނި އަނބުރާ ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބަޖެޓުގައި ބުނެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ރޭވިފައިވާގޮތަށް ކަންކަން ކުރިއަށް ގެންގޮސްފިނަމަ، 2026ގައި އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް ނުވަތަ ރީފައިނޭންސްކުރުމަށް ނުވަތަ އެނޫންވެސް ސްޓްރެޓެޖީއެއްގައި ކުރިއަށް ދިއުމުގެ ޤާބިލުކަން ދައުލަތުގައި އޭރު ހުންނާނެ ކަމަށެވެ. އެގޮތުން މި ޤާބިލުކަން އިތުރުކުރުމަށް، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުންނަ ފައިސާ އިތުރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2026 އަންނަންވާއިރު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ސައިޒު 9 ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ޕްލޭންކުރެވިފައިވަނީ އެ ފަންޑުގައި ހުންނަ ޑޮލަރު މެދުރާސްތާގައި އިތުރުކޮށް، އެ ފަންޑުގައި 250 މިލިއަން ޑޮލަރު ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. މި ވަގުތު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޖުމުލަ އަދަދަކީ 7.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި 124.7 މިލިއަން ޑޮލަރު ހިމެނެއެވެ.

ދަރަނިރައްޔިތުންގެ މަޖިލިސްރާއްޖޭގެ ބަޖެޓް2024 ވަނަ އަހަރުގެ ބަޖެޓް

އިތުރަށް ކިޔާލަން

06 ޖޫން 2026

ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު

06 ޖޫން 2026
ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު
22 މެއި 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

22 މެއި 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި
17 މެއި 2026

ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު

17 މެއި 2026
ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު
28 އެޕްރީލު 2026

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
21 އެޕްރީލު 2026

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

21 އެޕްރީލު 2026
ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި
13 އެޕްރީލު 2026

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

13 އެޕްރީލު 2026
މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް
16 ފެބުރުއަރީ 2026

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
28 ނޮވެމްބަރު 2025

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު