Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން، ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވަނީ ކޫއްޑޫގައި ތެޔޮ ހުރެމެ ފައިސާ ނުދެއްކި އޮތުމުން މަސްވެރިންނަށް ތެޔޮ ނުލިބޭ މައްސަލައާއި މަސް ކިރުވުމުގައި ހުރި ތަފާތުކުރުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރަކު މަސްވެރިންގެ ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް އިދިކޮޅު މެންބަރުން ވަނީ މަރުހަބާ ވިދާޅުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 އެޕްރީލު 2026 | އަންގާރަ 08:58
ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލް

ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލް | މަޖިލިސް

ޝެޑުތަކުގައި ޑީސެލް ހުރި ނަމަވެސް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައިގެން މަސްވެރިންނަށް ބޭނުންވާ ތެޔޮ ނުލިބުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ދިމާވާނަމަ މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކަންކަން ހިނގާ ކަމަށް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހްމަދު ހުށަހަޅުއްވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން ފަޒީލް ވަނީ މަސްވެރިންނަށް ހުރި ބައެއް ގޮންޖެހުން ތަކުގެ ވާހަކަ ދައްކަވާފަ އެވެ.  އެގޮތުން ބައެއް ކަންތައްތަކާ ހެދި މަސްވެރިންނަށް ލިބެންޖެހޭ ތެޔޮ ލިބުމުގައި ލަސްތަކެއް ވާ ކަން މެންބަރު ފާހަގަ ކުރެއްވި އެވެ.

މެންބަރު ވިދާޅުވީ އެއީ މިއީ މިނިސްޓްރީ އޮފް ފިނޭންސް އަށް ދައްކަން ޖެހޭ ބިލެއް ނުދެއްކި އޮވެގެން ކޫއްޑޫގައި އެފްއެސްއެމް ޝެޑްގައި ޑީސެލް ހުރެމެ، މަސްވެރިންނަށް އެ ޑީސެލް ނުލިބުން މައްސަލައެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ހިތާމަވެރި ކަމެއް ކަމަށާ އެގޮތަށް ކަން ހިނގާނަމަ ރައީސްގެ ވައުދާ އެއްގޮތަށް ކަންތައްތައް ދާކަމަށް ގިނަ ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މަސް ކިރުވުމުގައި ވެސް ގޮންޖެހުން ތަކެއް ހުރި ކަމަށާ ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ މެންބަރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

މަސް ކިރުވުމުގައި ވެސް އެބަހުރި ބައެއް ކަހަލަ މައްސަލަތަކެއް. ކިއު ލައިންގަ އެންމެ ކުރީގަ އޮތް ދެ ދޯންޏެއް މަސް ކިރާ ނިމޭތަނުން މަހުގެ އަގު 16 ރުފިޔާ އިން 18 ރުފިޔާ އަށް އެ ދުވަހުގަ ބަދަލު ވީމަ އެއީ ބަލައިގަނެވޭނެ ކަހަލަ ކަމެއް ނޫން. މިކަހަލަ ކަންކަން ކުރަންޏާ މިކަންކަން ހުރިހާ އެންމެނަށް އެނގެން އެބަ ޖެހޭ. އަޅުގަނޑަކީ މަސްވެރި އެއްގެ ދަރިއެއް. އަޅުގަނޑުގެ ދާއިރާ އަކީ 70 ޕަސެންޓް މަސްވެރިން. އާމްދަނީ މަސްވެރިކަމުގެ ގޮތުގަ ހޯދާ ދާއިރާ އެއް. 
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް

މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރަކު ވިދާޅުވުމާއެކު އިދިކޮޅު މެންބަރުން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ، އެކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ މެންބަރުން މި ސަރުކާރަށް އަލަށް ފާޑު ކިޔުއްވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

މަސްވެރި އާއިލާތައް މިއަދު ބިކަވެފަ އޮތް އިރު މި ސަރުކާރުން އަޅާ ނުލާ ވާހަކަ ޕީއެންސީ އަށް ނިސްބަތްވާ ޚާއްސަކޮށް ހުވަދު އަތޮޅުގެ މެންބަރަކު ދެއްކެވުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

މުހައްމަދު ފަޒީލްއަހްމަދު ޝަމްހީދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
13 އެޕްރީލު 2026

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

13 އެޕްރީލު 2026
މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް
08 އެޕްރީލު 2026

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

08 އެޕްރީލު 2026
35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު