Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ސިޓީއާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ: ޕޮޗެޓީނޯ

ޕޮޗެޓީނޯ ބުނީ ނަތީޖާ އާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންގެ މަސައްކަތާމެދު އުފާވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 00:32
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ސިޓީއާ ދެކޮޅަށް، އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ ނަތީޖާ އާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންގެ މަސައްކަތާމެދު އުފާވާ ކަމަށެވެ. ނަމަވެސް، ޗެލްސީން އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އެއީ ޕްރޮސެސްއެއް ކަމަށެވެ. އޭނާ ބުނީ، ކަންކަން ބަދަލުވާން ދާން ވަގުތު ނަގާނެ ކަމަށާއި، ވަގުތު ލިބިގެން މަސައްކަތް ކޮށްފި ނަމަ، ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ޗެލްސީގައި ކާމިޔާބު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ޕޮޗެޓީނޯ އަށް އޮވެ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ތަޖުރިބާ އިން، ޓީމަށް ބަދަލު އަންނާނެ ކަމަށެވެ. އެހެންކަމުން، ދެން ކުރަން ޖެހޭނެ ކަމަކީ، އެކަންކަން ދަމަހައްޓައިގެން ކުރިއަށް އޮތް މެޗުތަކުގައި ވެސް މަސައްކަތް ކުރުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ބުނީ، ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ފެނިފައި، އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް ޗެލްސީ ކަހަލަ ކުލަބެއްގައި މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއްކަން އޭނާ ފާހަގަ ކުރި އެވެ. ނަތީޖާ ނުނެރެވޭ ފަހަރަކު، ފާޑު ކިޔުންތަކާއި، ޕްރެޝަރު ބޮޑު ވަނީ އެހެންވެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ސީޒަންގެ ލީގުގައި ޗެލްސީން ވަނީ މިހާތަނަށް 12 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. ހަތަރު މެޗުން ބަލިވެފައިވާއިރު، އަނެއް ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް ލިބުނު 16 ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގު ތާވަލްގެ 10 ވަނައިގަ އެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު