Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައްޝިފާ ހޮސްޕިޓަލްގެ 3 ނަރުހުން މަރުވުން

އިސްރާއީލް ހަނގުރާމަވެރިންގެ ހަމަލާތަކުގައި އައްޝިފާ ހޮސްޕިޓަލުގެ 3 ނަރުހަކު މަރުވެއްޖެ

އައްޝިފާ ހޮސްޕިޓަލްގެ ހާލަތު މިހާބޮޑަށް ގޯސްވީ އިއްޔެއާއި އިހަށްދުވަހު ދިން ވަރުގަދަ ހަމަލާތަކުގައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2023 | ހޯމަ 03:01
ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށް އިސްރާއީލްގެ ހަނގުރާމަވެރިން ދަނީ ހަމަލާދެމުން

ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށް އިސްރާއީލްގެ ހަނގުރާމަވެރިން ދަނީ ހަމަލާދެމުން

ޣައްޒާގެ މެދުތެރޭގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް، އައްޝިފާ ހޮސްޕިޓަލަށް އިސްރާއީލްގެ ޓެރަރިސްޓް ހަނގުރާމަވެރިން އިއްޔެއާއި އިހަށްދުވަހު ދިން ހަމަލާތަކުގައި އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ތިން ނަރުހަކު މިހާތަނަށް މަރުވެފައިވާ ކަމަށް އދ.އިން ބުނެފިއެވެ. އަދި އެ 3 ނަރުހުންގެ އިތުރުން ދުވަސް ނުފުރާ އުފަންވާ ކުދިންހިމެނޭ ގޮތަށް 12 މީހަކު ވެސް އެ ފެސިލިޓީގައި މަރުވެފައިވާ ކަމަށް އދ.އިން ބުނެއެވެ.

އދ.އިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުގައި، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކާ ހަވާލާދީ ބުނެފައި ވަނީ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އެ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން ނަރުހުންނާއި ބަލި މީހުން މަރުވި ކަމަށެވެ.

އިސްރާއީލުގެ ބްލޮކްޑައުން އާއި ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލްގެ ޖަނަރޭޓަރުތަކުން ތެޔޮ ހުސްވެފައިވާއިރު، އައްޝިފާގެ އައިސީޔޫތަކާއި އޮޕަރޭޝަން ރޫމްތަކުގައި މުހިންމު އާލާތްތައް އޮޕަރޭޓްކޮށް ބެހެއްޓުމަށް ބޭނުންވާ ކަރަންޓެއް ނެތެވެ.  

ނިއޯނޭޓަލް އައިސީޔޫގައި ވެސް ދުވަސް ނުފުރާ ވިހޭ ދެ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ރިޕޯޓް ކުރެ އެވެ.

ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އެ ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ފަދައެއްވެސް ނެތެވެ. އެފަދަ ދަތިތަކެއް ކުރިމަތިވެފައިވާއިރު، ދުވަސް ނުފުރާ ވިހޭ އިތުރު ތުއްތު ކުއްޖަކު ވެސް އުފަންވިތާ ތިން ވަނަ ދުވަހު ވަނީ އެ ހޮސްޕިޓަލްގައި މަރުވެފައެވެ. އަދި އިތުރު ނުވަ މީހަކު ވެސް މި ހަފްތާތެރޭގައި މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ކަރަންޓު ނެތުމުގެ ސަބަބުން ޣައްޒާ ސިޓީގެ އައްޝިފާ ހޮސްޕިޓަލުގައި ތިބި އެތައް ސަތޭކަ ބަލި މީހުންނަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ދީފަ އެވެ.

ޖަނަރޭޓަރުތަކަށް އަޅާނޭ ތެޔޮ ނުލިބި އިމަޖެންސީ ސާޖަރީ ފަދަ އަސާސީ ޚިދުމަތްތައް ވެސް އައްޝިފާ ހޮސްޕިޓަލްގައި ވަނީ ހުއްޓިފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ލީޑަރުން ގޮވާލާފައިވާއިރު، އދ. އާއި ސިއްހީ ޚިދުމަތްދޭ ޖަމާއަތްތަކުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތައް އޮތީ އެކީއެކަށް ހުއްޓުމަކަށް އައުމުގެ މަގުމަތީގައި ކަމަށްބުނެ އިންޒާރު ދީފަ އެވެ.

ޣައްޒާޝިފާހޮސްޕިޓަލްއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު