Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މެމްބަރުން މަޖިލީހަށް ވަޑައިގަތުމާއެކު އަމީންއާއްމު ވަޑައިގަތީ ގެއަށް!

މެމްބަރުން މަޖިލިސް އަށް ވެންނެވުމަށް ސެކިއުރިޓީން ފުރުސަތު ދިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ޖުލައި 2017 | ހޯމަ 16:33
މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު

މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަދައިގެންނެވުމާއެކު މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު ގެއަށް ވަޑައިގަންނަވައިފި އެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ހޯމަ ދުވަހު މަޖިލީހުގެ އަމީންއާއްމު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި އެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބައްދަލުވުމެއް ބޭއްވުމަށްފަހު މެމްބަރުން ހިންގަވާފައި ވަޑައިގެން، މަޖިލީހުގެ އިދާރާގެ ތެރެއަށް ގަދަކަމުން ވަދެވަޑައިގެންނެވި ވަގުތު އަމީން އާންމު ހުންނެވި އެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ، އަމީން އާންމު ވަޑައިގަތެވެ.

Advertisement - newsAdvertisement

މަޖިލީހަށް ވަދެވެންހުރި ހުރިހާ ދޮރެއް ތަޅުލާފައި ހުރުމުން މަޖިލިސް މެމްބަރުން މަޖިލީހުގެ ފާރުމަތިންނާއި ދޮރާށި ހުޅުވުމުން ދޮރުންވެސް ބައެއް މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވާފަ އެވެ.

މަޖިލީހުގެ އިދާރާއަށް މެމްބަރުން ވެންނެވުމާއެކު ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެ މެމްބަރުން ގަދަކަމުން ނެރެފަ އެވެ. މަޖިލިސް މެމްބަރުން މަޖިލީހުން ނެރުމުގެ ތެރޭގައި އެސްއޯ ފުލުހުން ވަރަށް ބޮޑަށް މެމްބަރުންނަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުންގެ އިތުރުން އާއްމު ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

މަޖިލީހުގެ ތެރެއަށް ފުލުހުން ވަދެ، މެމްބަރުން ނެރެފައިވަނީ ކޮން އުސޫލަކުންތޯ، މަޖިލީހުގެ އަމީން އާއްމު އަރިހުން ސުވާލު ކުރުމުން އަމީންއާއްމު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަވަނީ ސިފައިން ކަމަށެވެ. އިތުރު މައުލޫމާތު ދެއްވުމަށް ދެކޮޅު ހެއްދެވިއިރު، އަމީންއާއްމު ހުންނެވީ ގޭގައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު